އުރީދޫ އިން ހައްޖު ސިމް ތައާރަފު ކުރުން (ފޮޓޯ/އުރީދޫ)

އުރީދޫ

ހައްޖަށް ދާ މީހުންނަށް އުރީދޫ އިން ހާއްސަ ސިމެއް ނެރެފި

މިއީ ހައްޖަށް ދާމީހުންނަށް، ރާއްޖޭގައި ތިބޭ އެމީހުންގެ އާއިލާ އަދި ރައްޓެހިންނާއެކު ފަސޭހައިން މުއާމަލާތުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުސަދުގައި ތައާރަފުކުރި ސިމެއް
4 ޖޫން 2024

މި އަހަރުގެ ހައްޖަށް ދާ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން 'ސައުދީ ޕާސްޕޯޓް ޓްރެވަލް ސިމް' ގެ ނަމުގައި ހާއްސަ ސިމެއް އުރީދޫއިން ތައާރަފް ކޮށްފަ އެވެ.

ވީ ކިހިނެއް؟ - މިއީ ހައްޖަށް ދާމީހުންނަށް، ރާއްޖޭގައި ތިބޭ އެމީހުންގެ އާއިލާ އަދި ރައްޓެހިންނާއެކު ފަސޭހައިން މުއާމަލާތުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުސަދުގައި ތައާރަފުކުރި ސިމެކެވެ.

ތަފްސީލް - ހައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކު ވެސް ހާހެއްހާ ދިވެހިން އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރާއިރު ސައޫދީ ޕާސްޕޯޓާއެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާ ގުޅިފައި ތިބުމާއި ޒަރޫރީ ހިދުމަތްތައް ހޯދައިދިނުން ކަމަށް އުރީދޫ އިން ބުންޏެވެ.

ސައުދީ ޕާސްޕޯޓް ސިމް

  •  15 ޖީބީ ޑޭޓާ

  •  60 މިނެޓުގެ ކޯލުކުރަން ލިބޭނެ

  • ރޯމިން ގައި 60 އެސްއެމްއެސް ބޭނުން ކުރެވޭނެ 

  •  އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމްބީއަކަށް 0.99ރ 

  • ސިމްގެ އަގަކީ 1،000ރ

ހައްޖު މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާއެކު ކޮންމެ ކަސްޓަމަރަކަށް ވެސް ގުޅުމާއި އެސްއެމްއެސް އަދި ޑޭޓާ ރަނގަޅު އަގެއްގައި ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ ހަރުދަނާ ރޯމިން ކަވަރޭޖާ އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސައުދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެ އެވެ.

ބުނީ ކީކޭ؟ - އުރީދޫ މޯލްޑިވްސްގެ ސައުދީ ޕާސްޕޯޓް ޓްރެވަލް ސިމް ތައާރަފްކުރުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ ހައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މި މަސައްކަތުގެ ސަބަބުން ހައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމައުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވަނީ އުރީދޫ އިން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ހިދުމަތްތައް ފޯރުކޮށްދޭކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ޕްރޮޑަކްޓާ ގުޅޭގޮތުން އުރީދީ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އާއިލާ އާއި ރައްޓެހިންނާ ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އުރީދޫ ސައޫދީ ޕާސްޕޯޓަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދީ، ކަނެކްޓިވިޓީގެ މައްސަލަތަކާ މެދު ކަންބޮޑުވުމެއް ނެތި ހައްޖުގެ އަޅުކަމަށް ސަމާލުކަން ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕާސްޕޯޓެއް ކަމަށް ވެސް ހާލިދު ވިދާޅުވި އެވެ.

"އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ މުހިންމު މުނާސަބަތުތަކުގައި، ކަސްޓަމަރުންނަށް ބޭނުންވާ ރަގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމަށް." އޭނާ ވިދާޅުވި އެވެ.

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް