ޕްރިންޓް ލެބްގައި މަސައްކަތް ކުރިއަށް ދަނީ: ގިނައީ ދިވެހި މުވައްޒަފުން (ފޮޓޯ/ޕްރިންޓް ލެބް)

ޕްރިންޓް ލެބް

ޕްރިންޓް ލެބް: 15 އަހަރުން 'ޕްރިންޓުކުރި' ކާމިޔާބީގެ ވާހަކަ

ޕްރިންޓް ލެބުން 2009ގައި ހިދުމަތް ފެށީ ތިން މުވައްޒަފުންނާއި އެންމެ މެޝިނަކުން. މިހާރު އެއީ ރާއްޖޭގައި ޕްރިންޓިން ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި

މީގެ 15 އަހަރު ކުރިން، 2009ގައި އެއީ ވަރަށް އާދައިގެ ގޮތަކަށް ފެށި ވިޔަފާރިއެކެވެ. މަގްސަދަކަށް ވީ ޕްރިންޓު ކުރުމުގައި އީޖާދީ ހިދުމަތްތަކެއް ރާއްޖެއަށް ތައާރަފްކުރުމެވެ. އެންމެ މެޝިނަކާއި ތިން މުވައްޒަފުންނާ އެކީގަ އެވެ. ގާތްގަނޑަކަށް 750 ވަރަކަށް އަކަފޫޓުގެ ކުޑަ ތަންކޮޅެއްގަ އެވެ.

މިއަދު ޕްރިންޓް ލެބްއޭ ބުނެފި ނަމަ ނުދަންނަ މީހަކު މަދުވާނެ އެވެ. މި ނަން ނެތް ނަމަ އިވެންޓުތަކުގެ ބެކްޑްރޮޕް ފުރިހަމައެއް ނުވެ އެވެ. އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޕްރިންޓިން ހިދުމަތްތައް ދޭ އެއް ކުންފުންޏެވެ.

ސުމަކުން ބިނާކުރި ޓީމު: ކާމިޔާބީގެ ސިއްރު

އޭރު އެންމެ ބޮޑު ގޮންޖެހުމަކަށް ވީ މި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމެވެ. ހަމައެކަނި އޭ4 ގަނޑަކަށް ޕްރިންޓް ކޮށްލުމުގެ ބަދަލުގައި ޕްރިންޓް ލެބްގެ ވިސްނުން ހުރީ އެއަށްވުރެ މާ ފުޅާކޮށެވެ. އެއަށްވުރެ މާ ބޮޑެތި މަސައްކަތްތަކެވެ. އެ ކަންކަމަށް ބޭނުންވާ ފާޑުފާޑުގެ ބޮޑެތި މެޝިނަރީޒް އޮޕަރޭޓު ކުރާނެ ފަންނުވެރިން ރާއްޖެއިން ހޯދުމަކީ އެންމެ ފުރަތަމަ ޗެލެންޖެވެ.

"ވިޔަފާރިއެއް ވެއްޖެއްޔާ އެއް ދުވަހު ހިދުމަތް ދީފައި، އަނެއް ދުވަހު ނުދީ ނުތިބެވޭނެ. ހުއްޓުމެއް ނެތި އެ ހިދުމަތެއް ދޭން ޖެހޭނެ،" ޕްރިންޓް ލެބްގެ ކާމިޔާބު ދަތުރާ ބެހޭ ގޮތުން އެ ތަނުގެ ބާނީ މަދީހު ޖަމާލު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރި ކަމަކީ ދިވެހި ޒުވާނުން ގެނެސްގެން މި ކަމަށް ތަމްރީން ކުރީ. މިތަނުގައި ގިނަވާނީ ވެސް ދިވެހިން. އެ މީހުން ބަދަލެއް ވެސް ނުވާނެ، މި ތަނުން އެހެން ތަނަކަށް ނުދާނެ. އަޅުގަނޑުމެންގެ ކާމިޔާބީގެ ސިއްރަކީ ވެސް މި ޓީމު."

ޕްރިންޓް ލެބް. (ފޮޓޯ/ޕްރިންޓް ލެބް)

މިއީ ހަގީގަތުގައި ކިހާ ވަރެއްގެ ސިނާއަތެއް ކަން އެނގުނީ ވިޔަފާރި ފަށައި، ރާއްޖޭގައި މިކަމަށް އޮތް ޑިމާންޑު ފެނުމުންނެވެ. އެއާ އެކު ފެށިއިރު ހިންގި ކުޑަ ތަންކޮޅު ދޫކޮށްލައި، މިހާރު އަމީނީ ގޯޅީގައި ފެންނަން ހުރި ޖުމްލަ 8،000 އަކަފޫޓުގެ އިމާރާތަށް ޕްރިންޓް ލިބު ބަދަލުކުރި އެވެ. އަދި ތިން މީހުންގެ ޓީމު ބޮޑުކުރަމުން ގޮސް، މިހާރު އެ އަދަދު 70 އަށްވުރެ ގިނަ އެވެ.

މިއަދު އެ ތަނުގައި ހުރީ މަސައްކަތް ކުރާނެ އެންމެ މެޝިނެއް ނޫނެވެ. ބޮޑެތި، 10 ފޫޓު - 20 ފޫޓުގެ 20 ވަރަކަށް މެޝިން އެބަހުއްޓެވެ. އަމިއްލަ ވަޑާންގެއެއް ހުރެ އެވެ.

މިހާރު ޕްރިންޓް ލެބަކީ އިތުރު ތަނަކަށް ނުގޮސް، އެއް ތަނަކުން ޕްރިންޓިންއާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ލިބޭ ވަރުގެ ތަނެކެވެ. ވަކިވަކި ހިދުމަތްތައް ހޯދަން އެކި ތަންތަނަށް ދިއުމުގެ ބަދަލުގައި މި ހުރިހާ ކަމެއް އެއް އިމާރާތަކުން ލިބެ އެވެ.

ޕްރިންޓް ލެބް. (ފޮޓޯ/ޕްރިންޓް ލެބް)

ޕްރިންޓް ލެބުގެ ހިދުމަތްތައް

  • ލޭޒާ ކަޓިން އާއި އެންގްރޭވިން

  • ސީއެންސީ ކަޓިން އާއި އެންގްރޭވިން

  • ޔޫވީ ޕްރިންޓިން - އެކްރިލިކް، މެޓަލް އަދި ވުޑް

  • އެކްރިލިކް އާއި ވުޑް ސައިނޭޖް

  • ލާޖް ފޯމެޓް ޕްރިންޓިން - އިވެންޓް ބެކްޑްރޮޕް

  • ކަސްޓަމް ވުޑް އާއި މެޓަލް ވޯކްސް

  • ދިދަ އާއި ފެބްރިކް ޕްރިންޓިން

  • ފޮޓޯ ފްރޭމިން

  • އެވޯޑުތަކާއި ޕްލޭކްތައް

  • ސްޓޭމްޕްތައް

  • ޕްރިންޓް ލެބްގެ މެޝިނެއް (ފޮޓޯ/ޕްރިންޓް ލެބް)
  • ޕްރިންޓް ލެބުން ވަޑާންގެއެއް ވެސް ހިންގާ (ފޮޓޯ/ޕްރިންޓް ލެބް)
  • ޕްރިންޓްއާ ބެހޭ ހުރިހާ ކަމެއް ޕްރިންޓް ލެބުން ކުރެވޭނެ (ފޮޓޯ/ޕްރިންޓް ލެބް)

"ފުޅާކުރުން އަދިވެސް ނުނިމޭ، ހަމަ ކުރިއަށްދަނީ. މިއީ ވަރަށް ބޮޑު ސިނާއަތެއް. ރާއްޖޭގައި އަދިވެސް ވަރަށް ފުޅާކޮށް މިކަން ކުރެވެން އެބަ އޮތް،" މި މަސައްކަތާ މެދު ކުރައްވާ އުންމީދު ހިއްސާކުރައްވަމުން މަދީހު ވިދާޅުވި އެވެ.

މި ސްކޭލްގައި ހިދުމަތް ދެމުން އަންނައިރު މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތަށް ނަގާ ބޮޑު ޑިއުޓީ އެވެ.

"އަޅުގަނޑުމެން ޕްރޮޑަކްޝަނަށް މި ގެންނަނީ ރޯ މެޓީރިއަލްސް. އެ ތަކެއްޗަށް ވެސް ވަރަށް ބޮޑެތި އަދަދުތަކުން ޑިއުޓީ ނަގަނީ،" އޭނާ ވިދާޅުވި އެވެ.

"މި ތަނުގައި އެއްވެސް ވަރަކަށް ބާރެއް ނާޅާ ފެކްޓްރީއެއް ހުޅުވާކަށް. އެހެންވެ ރޯ މެޓީރިއަލްސް އަމިއްލަޔަށް އިމްޕޯޓު ކުރަން މި ޖެހެނީ. ކަނޑު މަގުން ގެންނާތީ އަޅުގަނޑުމެން ބޭނުންކުރާ ކޮންމެ އެއްޗަކަށް ވެސް ވަކިވަކިން ތިން މަސް ކުރިން ޖެހޭ އޯޑަރު ކުރަން."

15 އަހަރު: ހިދުމަތާ މެދު ހިތްހަމަ ނުޖެހުމެއް ނެތް

ޕްރިންޓް ލެބުގެ އުފެއްދުންތެރި ސޮލިއުޝަންތައް ނުފޯރާ ހިސާބެއް، ބައެއް މި ރާއްޖޭގައި ނެތެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ފެށިގެން ގޮސް، ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އާންމު ފަރުދުންނަށް ވެސް މިއީ ފަރިތަ ނަމެކެވެ.

މިވީ 15 އަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މަދީހު ވިދާޅުވި ގޮތުގައި، ހިދުމަތް ހޯދަން އައި އެއްވެސް ކްލައިންޓެއްގެ ފަރާތުން ހިދުމަތާ މެދު ހިތްހަމަނުޖެހުމެއް ނެތުމެވެ.

"އެއްވެސް ކްލައިންޓެއް ނެތް، އެ މީހަކު ބޭނުންވާ ހިދުމަތެއް ނުލިބިގެން  ހިތްހަމަނުޖެހިފައެއް. ކިތަންމެ ކުޑަޔަސް، ބޮޑަސް،" އޭނާ ވިދާޅުވި އެވެ.

ކާމިޔާބީގައި ޕްރިންޓް ލެބުން 15 އަހަރު ގުނަމުން އަންނައިރު މަދީހު އެންމެ ފަހުރުވެރިވާ ކަމަކީ މި ވަރުގެ ތަނެއް ރާއްޖޭގައި ހުރުމެވެ.

"މި ސަރަހައްދުގައި ވެސް، މިހާ ބޮޑެތި، ގިނަ މެޝިނަރީޒްއާ އެކު ބައިވަރު ކަންކަން ކުރެވޭ ދިވެހި ކުންފުންޏެއް ރާއްޖޭގައި އޮތުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް