އެސްޓީއޯ ހެޑް އޮފީސް އިމާރާތް. (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)

އެސްޓީއޯ

މިދިޔަ އަހަރު އެންމެ ދެފުށް ފެންނަ ކުންފުންޏަކީ އެސްޓީއޯ: ދިރާސާ

ސަރުކާރު ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނެންސް ކަންކަމުގެ ދެ ފުށް ފެންނަ މިންވަރު ބަލައި އެކުލަވައިލި ރިޕޯޓުގައި އެންމެ ގިނަ ބައިތަކުން ކުރި ލިބިފައިވަނީ އެސްޓީއޯއަށް

މިދިޔަ އަހަރު ސަރުކާރުގެ އެންމެ ދެފުށް ފެންނަ ކުންފުންޏަކީ އެސްޓީއޯކަން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެކުލަވައިލި ރިޕޯޓަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސަރުކާރު ހިއްސާވާ 32 ކުންފުންޏާ ބެހޭ ގޮތުން މިދިޔަ އަންގާރަދުވަހު ނެރުނު 'ކޯޕަރޭޓް ގަވަނެންސް ޓްރާންސްޕޭރެންސީ އިންޑެކްސް' (ސީޖީޓީއައި) ރިޕޯޓުގައި މައިގަނޑު ހަ ކެޓަގަރީއެއްގެ ދަށުން، 38 މިންގަނޑުތަކުން ކުންފުނިތަކުގެ ދެފުށް ފެންނަ މިންވަރު ބަލާފައިވެ އެވެ.

އެ ހަ ކެޓަގަރީއަކީ:

  • 1-

    އޯނަޝިޕް ޕޮލިސީ އާއި ކުންފުނީގެ މަގުސަދުތައް

  • 2-

    އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސް

  • 3-

    ދައުލަތާ ދެމެދު ކުރާ މުއާމަލާތްތައް

  • 4-

    ޕްރައިވެޓް ސެކްޓާއާ ދެމެދު ކުރާ މުއާމަލާތްތައް

  • 5-

    ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީ

  • 6-

    ޑިރެކްޓަރުންގެ ބޯޑު

ތަފްސީލު - ސީޖީޓީއައި ރިޕޯޓުން ދައްކާ ގޮތުގައި އެ ކެޓަގަރީތަކުގެ ތެރެއިން ތިން ކެޓަގަރީއަކުން އެސްޓީއޯ ވަނީ ކުރި ހޯދާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އޯނަޝިޕް ޕޮލިސީ އާއި ކުންފުނީގެ މަގްސަދު، އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސްގެ އިތުރުން ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީގެ ބައިންނެވެ.

އެންމެ މަތިން ނުލިބުނު ނަމަވެސް ދައުލަތާއި ޕްރައިވެޓް ސެކްޓާއާ ދެމެދު ކުރާ މުއާމަލާތްތަކުގެ ބައިތަކުން ވެސް އެސްޓީއޯއިން ވަނީ ކޮންމެ ބަޔަކުން %82ގެ މާކްސްއަކާ އެކު ރަނގަޅު ނަތީޖާއެއް ހޯދާފަ އެވެ.

އެނގުން މުހިންމު - ސީޖީޓީއައި ރިޕޯޓު އެކުލަވައިލުމުގެ ބެލި ޖުމްލަ 38 މިންގަނޑުތަކުގެ ތެރެއިން 16 ކަމަކީ ކުންފުނީގެ އަހަރީ ރިޕޯޓުގައި ހިމަނަން ޖެހޭ މައުލޫމާތެވެ. އަދި އެހެން ކަންކަމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމުކުރުން ހުއްދަ ކަންކަމެވެ.

ސީޖީޓީއައި ރިޕޯޓަށް މައުލޫމާތު އެއްކުރީ މިދިޔަ އަހަރުގެ 14 އޮގަސްޓުން 3 ސެޕްޓެމްބަރަށެވެ. ޕީސީބީގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ވެސް އަހަރީ ރިޕޯޓު، އަހަރު ނިމުމަށް ފަހު ހަ މަހުގެ މުއްދަތެއްގައި ޝާާއިއުކުރަން ޖެހެ އެވެ.

މި ރިޕޯޓަށް މައުލޫމާތު އެއްކުރުމުގައި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކަށް ބަލާފައިވާއިރު، މައުލޫމާތު އެއްކުރި މުއްދަތުގައި އަހަރީ ރިޕޯޓު އާންމުކޮށްފައިވަނީ އެންމެ 11 ކުންފުނިން ކަން، އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރަށް ކުންފުނިތަކުގެ ރަސްމީ ވެބްސައިޓުގައި ކޯޕަރޭޓް ގަވަނެންސް މެކޭނިޒަމްތައް އާންމުކުރާ މިންވަރަށް ބަލާއިރު ވެސް ގިނަ ކުންފުނިތަކަށް މި ބައިން ވެސް ލިބެނީ %50އަށް ވުރެ ދަށް މާކުހެކެވެ. މި ބައިން %67އާ އެކު އެންމެ މަތިން މާކްސް ލިބިފައިވަނީ އެސްޓީއޯއަށެވެ.

ކޮމެންޓް (1)

އަމްރު

2 ޖޫން 2024
އެނގޭ އެމީހުން ކަން ފުށް ވިއްކަނީ. ތިބުނާ ދެފުށަކީ ހަނޑޫފުށް، ހަކުރުފުއް ދޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް