ފޭދޫ ފިނޮޅުގައި ތަރައްގީކުރާ ރިސޯޓު (ފޮޓޯ/ދުސިތު)
ރިސޯޓު ހަދަން 12 ރަށާއި 5 ފަޅު ކުއްޔަށް ދޭން ހުޅުވާލައިިފި
ފަތުރުވެރިކަން ތަރައްގީކުރަން، އެންމެ މަދުވެގެން ވެސް 73.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން 12 ރަށަކާއި ފަސް ފަޅު ކުއްޔަށް ދޫކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ރަށްތަކާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފަ އެވެ.
ތަފްސީލް - އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ކުއްޔަށްދޭން ނިންމާފައިވާ ރަށްތަކާއި ފަޅުތަކަކީ:
-
1-
ހދ. ވައިކަރަމުރައިދޫ - 15 ހެކްޓަރުގެ ބިން؛ 1.9 މިލިއަން ޑޮލަރު
-
2-
ށ. ކުޑަޅައިމެންދޫ - 13.11 ހެކްޓަރުގެ ބިން؛ 2 މިިލިއަން ޑޮލަރު
-
3-
ރ. ދިއްކުރެއްދޫ - 4.83 ހެކްޓަރުގެ ބިން؛ 2.6 މިިލިއަން ޑޮލަރު
-
4-
ޅ. ދިއްފުށި (ޅ. މައިދޫއާ އެކު) - 15.17+20.99 ހެކްޓަރު؛ 18.6 މިލިއަން ޑޮލަރު
-
5-
ޅ. ވިހަފަރުފިނޮޅު - 0.28 ހެކްޓަރު؛ 640،000 ޑޮލަރު
-
6-
ކ. ހިއްމިއްޔާ ފަޅު - 712 ހެކްޓަރު؛ 23.5 މިލިއަން ޑޮލަރު
-
7-
އއ. އަލިކޮއިރަށް - 1.47 ހެކްޓަރު؛ 1.3 މިލިއަން ޑޮލަރު
-
8-
ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު) - 6.96 އާއި 0.20 ހެކްޓަރު؛ 2 މިލިއަން ޑޮލަރު
-
9-
ތ. ރުއްތިބިރަށް - 8.41 ހެކްޓަރު؛ 2.4 މިލިއަން ޑޮލަރު
-
10-
ތ. ކަނިމީދޫ - 10 ހެކްޓަރު؛ 2.8 މިލިއަން ޑޮލަރު
-
11-
ލ. ކަށިދޫ - 3.11 ހެކްޓަރު؛ 466،500 ޑޮލަރު
-
12-
ލ. ބޮޑުމުންޏަފުށި - 3.14 ހެކްޓަރު؛ 471،000 ޑޮލަރު
-
13-
ލ. ހަންހުށި - 2.81 ހެކްޓަރު؛ 421،500 ޑޮލަރު
-
14-
ގއ. ބޭރުމައުޑޫ - 3.08 ހެކްޓަރު؛ 385،000 ޑޮލަރު
-
15-
ގދ. ކަޅެހުއްޓާ - 7.61 ހެކްޓަރު؛ 951،250 ޑޮލަރު
-
16-
ކ. އަތޮޅުގެ ފަޅެއް - 45 ހެކްޓަރު؛ 11 މިލިއަން ޑޮލަރު
-
17-
ވ. އަތޮޅުގެ ފަޅެއް - 0.62 ހެކްޓަރު؛ 729،000 ޑޮލަރު
ޕްރޮޕޯސަލް ހުށައަޅަން ބޭނުންވާ ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ކޮމެންޓް (1)
ރިސޯޓް އަލީ