އެމްޓީސީސީ ފުޓުބޯޅަ ފޯރި ޕްރޮމޯޝަން ރަސްމީކޮށް ފެށުން. (ދައުރު ފޮޓޯ)

އެމްޓީސީސީ

ޔޫރޯ މުބާރާތާ ދިމާކޮށް އެމްޓީސީސީގެ ސުޒުކީ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓެއް

މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ޖުލައިގެ ނިޔަލަށް. އެ މުއްދަތުގައި އެމްޓީސީސީއިން ވިއްކާ ސުޒުކީ އިންޖީނު، ސްޕެއާ ޕާޓްސް އަދި އަޑީތެލާއި ސްޓިއަރިން ސިސްޓަމް ފަދަ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ

އަންނަ މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތާ ދިމާކޮށް އެމްޓީސީސީއިން ވިއްކާ ސުޒުކީ ބްރޭންޑުގެ އެކި އުފެއްދުންތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - 'އެމްޓީސީސީ ފުޓުބޯޅަ ފޯރި' ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިއަދު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ.

ބުނީ ކީކޭ؟ - ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވުމަށްފަހު ޒިޔާދު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ވަރަށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ސުޒުކީ އެކި އުފެއްދުންތައް ގަނެވޭނެ ކަމަށެވެ.

"އެމްޓީސީސީގެ އަމާޒަކީ، އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން. ކަސްޓަމަރުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުން،" ޒިޔާދު ވިދާޅުވި އެވެ.

"މިފަދަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ހެޔޮ އަގުގައި އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ވިއްކުމާއި މެއިންޓަނެންސްއާ ގުޅޭ މައުލޫމާތު އެމްޓީސީސީއިން އަބަދުވެސް ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރާނެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮމޯޝަންތައް ފެންނާނެ."

ޒިޔާދު ވިދާޅުވީ މި ޕްރޮމޯޝަނާއި ސުޒުކީ އުފެއްދުންތަކާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޑޮކްޔާޑުތަކާއި ވޯކްޝޮޕްތަކާއި ސާވިސް ސެންޓަރުތަކަށް އެމްޓީސީސީގެ ޓީމުތައް ޒިޔާރަތް ކުރާނެ ކަމަށެވެ.

އެމްޓީސީސީ ފުޓުބޯޅަ ފޯރި ޕްރޮމޯޝަން ރަސްމީކޮށް ފެށުން. (ދައުރު ފޮޓޯ)

އެމްޓީސީސީ ފުޓުބޯޅަ ފޯރި

  • ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 އިން 15 ޖުލައިއަށް

  • ސުޒުކީ އިންޖީނު، ސްޕެއާ ޕާޓްސް، އަޑީތެޔޮ، ގިއަރު ތެޔޮ އަދި ސްޓިއަރިން ސިސްޓަމްތަކުން ޑިސްކައުންޓް ލިބޭނެ

  • 5-10% ހަމައަށް ޑިސްކައުންޓް ލިބޭނެ

އެނގުން މުހިންމު - އެމްޓީސީސީއިން މީގެ 17 އަހަރު ކުރިން ވިއްކަން ފެށި ސުޒުކީ ބްރޭންޑަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ މީހުން ބަލައިގަންނަ އަދި އެންމެ ޕާފޮމެންސް ވެސް ރަނގަޅު އެއް މެރިން އިންޖީން ބްރޭންޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް