ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން. (ފޮޓޯ/ކޮކާ-ކޯލާ)

ޔޫރޯ 2024

ކޮކާކޯލާގެ ޔޫރޯ ޕްރޮމޯޝަން: ފައިނަލް ބަލަން ޖާމަނީއަށް ދާ ފުރަތަމަ ނަސީބުވެރިން ހޮވައިފި

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 6 ނަސީބުވެރިންނަށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބަލައިލަން ޖާމަނީއަށް ދެވޭނެ އަދި ސްމާޓްފޯން ފަދަ އިތުރު އިނާމު ވެސް މި ޕްރޮމޯޝަންގައި ނަސީބުވެރިންނަށް ލިބޭނެ
29 މޭ 2024

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާ-ކޯލާއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ޖަރުމަންގައި އަންނަ މަހުގެ 14 އިން 14 ޖުލައިއަށް އޮންނަ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތަކީ، ވޯލްޑް ކަޕަށް ފަހު ދުނިޔޭގައި ބާއްވާ ފުޓްބޯޅައިގެ އެންމެ ވާދަވެރި ހިފުމެވެ.

ޔޫރޯއާ ދިމާކޮށް ކޮކާކޯލާ އިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ދިވެހި ނަސީބުވެރިންނަށް ލިބޭނެ އެވެ.

ތަފްސީލު - ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައި އިއުލާންކުރީ އައިސް ޓީވީން ވަގުތުން ދެއްކި އިވެންޓެއްގަ އެވެ.

ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގައި ޔޫރޯގެ ފައިނަލް މެޗު ބަލަން ޖާމަނީއަށް ދިއުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދެ ނަސީބުވެރިން. (ފޮޓޯ/ކޮކާ-ކޯލާ)

ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ މީހުންނަކީ:

  • އާމިނަތު ޝަހީމާ

  • އަހްމަދު ނަސީމް

އޭގެ އިތުރުން ސްމާޓްފޯން ލިބޭ ހަތަރު ނަސީބުވެރިން ވެސް ވަނީ ހޮވާފަ އެވެ.

ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން. (ފޮޓޯ/ކޮކާ-ކޯލާ)
ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން. (ފޮޓޯ/ކޮކާ-ކޯލާ)

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން

ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626'އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

އިތުރު ތަފްސީލް:

  • މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މި މަހުގެ 1 އިން އަންނަ މަހުގެ 15ގެ ނިޔަލަށް

  • ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ހަ ނަސީބުވެރިންނަށް ލިބޭނެ (އިތުރު ބައިވެރިޔަކާ އެކު)

  • ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ

  • އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުން އަންނަ އިރު، ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ އެވެ.

ކޮކާކޯލާއަކީ ޔޫރޯގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 އިން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް