ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ ހަމަޖެއްސުން. (ފޮޓޯ/ދިރާގު)

ދިރާގު

ޓީޓީ ތަރި ދީމާއަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަން ދީފި

ފުރަތަމަ އެމްބެސެޑާޝިޕް ދިވެހި ކުންފުންޏަކާ އެދު ހެދުމަކީ، ދީމާ ބުނި ގޮތުގައި ލިބުނު ޝަރަފެއް

ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ދީމާއަށް އެމްބެސެޑަރުކަމުގެ ލިޔުން ހަވާލުކުރީ މިއަދު ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވި ގޮތުގައި ދީމާ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމަކީ ކުންފުންޏަށް ލިބުނު ފަހުރެކެވެ. 

"ދީމާއަކީ މުޅި ގައުމުގެ ފަހުރެއް އެކަންޏެއް ނޫން، އެއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި އެހެން ކުދިންނަށް ހުރި އިންސްޕިރޭޝަނެއް،" އޭނާ ވިދާޅުވި އެވެ.

މިރުޝާން ވަނީ އޮލިމްޕިކް ގޭމްސްއަށް ފުރަތަމަ ދިވެހި އެތުލީޓުގެ ގޮތުގައި ދީމާ ކޮލިފައިވުމުން އެކަމަށް މަރުހަބާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

ދީމާ ބުނީ އޭނާގެ ފުރަތަމަ އެމްބެސެޑާޝިޕް ދިރާގު ފަދަ ދިވެހި ކުންފުންޏަކާ އެކު ހެދުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަމަށް ދީމާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެނގުން މުހިންމު - ދިރާގުގެ އެމްބެސެޑާޝިޕް ޕްރޮގްރާމުގެ ދިގު ތާރީހުގައި އެތުލީޓުންނާއި އާޓިސްޓުންގެ އިތުރުން މަޝްހޫރު މީހުންނާ ގުޅިގެން ވަނީ މަސައްކަތް ކޮށްފަ އެވެ.

އޭގެ ތެރޭގައި އަހްމަދު ނާޝިދު (ޒީރޯ ޑިގްރީ)، އިބްރާހިމް އަރީފު (ރާޅާއެޅުންތެރިއެއް)، އަބްދުލް ގަފޫރު އަލީ (ގައްބެ)، ހަސަން ސާއިދު އަދި ޒޫނާ ނަސީމް (ޒޫންޓި) ހިމެނެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް