ދިރާގުން ހަދިޔާއަކަށް ދޭ ޓެސްލާ ކާރު (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން ދޭން ބުނި ޓެސްލާ ކޮބާ؟

ދިރާގުގެ 25 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ލިބުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ވަނީ ކުރިއަށްގެންގޮސްފައި

'ވިން އަ ޓެސްލާ'ގެ ނަމުގައި ދިރާގުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން  ކުރިއަށްގެންދިޔަ ޕްރޮމޯޝަނަށް، އެ ކުންފުނިން ބުނާ ގޮތުގައި، އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވެގެން ނަސީބުވެރި އެކަކަށް އިނާމެއްގެ ގޮތުގައި ދެނީ ޓެސްލާ ބްރޭންޑުގެ ކާރެކެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހަމަވީ ޖެނުއަރީގެ ނިޔަލަށެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން ގިނަ ބަޔަކު މިހާރު ކުރަމުން އަންނަ ސުވާލަކީ، 'ދިރާގުން ދޭން ބުނި ޓެސްލާ ކޮބާ' ހެއްޔެވެ؟

ޓެސްލާގެ ނަސީބުވެރިޔާ ހޮވާނީ ދިރާގު އީދު ޝޯގައި

އެ ސުވާލުގެ ޖަވާބު ދެއްވަމުން ޝާރިހު ވިދާޅުވީ ޓެސްލާގެ ނަސީބުވެރިޔާ ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

"ދެން މާ ގިނަ ދުވަހެއް ނެތް، އަޅުގަނޑުމެން ނަސީބުވެރިޔާ އިއުލާން ކުރާނީ 17 ޖޫންގައި ވަރަށް ހާއްސަ އީދު ޝޯއަކާ އެކީ،" ޝާރިހު ވިދާޅުވި އެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް (ކ). (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ވިދާޅުވީ ދިރާގުން އީދު ޝޯއެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. މި އަހަރުގެ ބޮޑު އީދުގައި ދިރާގު އީދު ޝޯ އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

އެ ޝޯގެ ތެރެއިން ޓެސްލާގެ ނަސީބުވެރި ފަރާތް ހޮވާއިރު، ޝާރިހު ވަނީ ޓެސްލާ ހޯދަން މިހާ ގިނަ ދުވަހު މަޑުކުރި ހުރިހާ ކަސްޓަމަރުންނަށް އެ ޝޯއަށް ދައުވަތު ދެއްވައިފަ އެވެ.

"ނަސީބުވެރިޔާ ހޮވާފައި، ސްޓޭޖް މަތިން ޓެސްލާ ހަވާލުކުރާނަން. ހަވާލުކުރީމާ ޓެސްލާގައި، ދުއްވާލާފައި ވެސް ދާންވީ."

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް