ރެޑްވޭވް މެގަ މޯލް. (ދައުރު ފޮޓޯ)
ޔޫރޯގެ ފައިނަލް ބަލައިލަން ޖާމަނީއަށް ދާން ރެޑްވޭވުން ފުރުސަތެއް
ޖޫންގައި ފަށާ ޔޫރޯ 2024 މުބާރާތުގެ ފައިނަލް މެޗު ބަލައިލަން ޖާމަނީއަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ރެޑްވޭވްއިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަނަކީ ޔޫރޯ 2024ގެ އޮފިޝަލް ސްޕޮންސާ، ހައިސެންސްއާ ގުޅިގެން ރެޑްވޭވްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 12 މެއި - 15 ޖުލައިގެ ނިޔަލަށެވެ.
ތަފްސީލު - މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ދެ މީހަކަށް ޔޫރޯ 2024ގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ރެޑްވޭވްއިން ވިއްކާ ހައިސެންސް ބްރޭންޑްގެ މުދަލުން ކުރާ ކޮންމެ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
ގުރުއަތުން ހޮވާ ނަސީބުވެރި އެކަކަށް ދިނުމަށް ހަމަޖެހިފައިވަނީ:
-
ދެ މީހުންގެ ޖާމަނީ ދެ ކޮޅު ޓިކެޓު
-
ދެ މީހުންނަށް ޔޫރޯ 2024ގެ ފައިނަލް މެޗުގެ ޓިކެޓު
-
ހޮޓެލް ސްޓޭ
-
500 ޑޮލަރު
ހައިސެންސް
ހައިސެންސް ބްރޭންޑަކީ ރާއްޖޭގެ ގިނަ މީހުންގެ އިތުބާރު ލިބިފައިވާ، ދުނިޔޭގެ ވެސް ނަން މަޝްހޫރު ބްރޭންޑެކެވެ. ރެޑްވޭވްގެ ފިހާރަތަކާއި ވެބްސައިޓުން ވެސް ހައިސެންސް ބްރޭންޑްގެ މުދާ ގަނެވޭނެ އެވެ. ވެބްސައިޓާާއި ވައިބާ ޑެލިވަރީ އޯޑަރުތަކުގައި މުދަލާ އެކު ކޫޕަން ވެސް ޑެލިވާކޮށްދޭނެ ކަމަށް ރެޑްވޭވްއިން ބުނެ އެވެ.