މަޓީ އިންސައިޓް ސިލްސިލާގެ ފުރަތަމަ އެޑިޝަން. (ފޮޓޯ/މަޓީ)

މަޓީ

ޓޫރިޒަމްގެ ޓްރެންޑުތަކާއި މުހިންމު މައުލޫމާތު ހިއްސާކުރަން 'މަޓީ އިންސައިޓް'ގެ ނަމުގައި ހަރަކާތެއް ފަށައިފި

މަޓީ އިންސައިޓް އަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބެސްޓް ޕްރެކްޓިސްތަކާއި މުހިންމު މައުލޫމާތު ހިއްސާކުރަން ސިލްސިލާކޮށް ކުރިއަށްގެންދަން ރާވާފައިވާ ހަރަކާތެއް

'މަޓީ އިންސައިޓް'ގެ ނަމުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށްގެން ދަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އާ ސިލްސިލާ ހަރަކާތެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މަޓީ އިންސައިޓް އަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބެސްޓް ޕްރެކްޓިސްތަކާއި މުހިންމު މައުލޫމާތު ހިއްސާކުރަން ސިލްސިލާކޮށް ކުރިއަށްގެންދަން ރާވާފައިވާ ހަރަކާތެކެވެ.

ތަފްސީލު - މި ހަރަކާތުގައި އާމްދަނީ، ސޭލްސް އެންޑް މާކެޓިން، ބްރޭންޑިން، ތިމާވެށި ދެމެހެއްޓުމާއި ހިމާޔަތް ކުރުން، މީހުން ބިނާކުރުން އަދި ޓެކްނޮލޮޖީ ފަދަ ތަފާތު އެކި މައުލޫތަކުން މައުލޫމާތު ހިއްސާކުރާނެ އެވެ.

މަޓީ އިންސައިޓްގެ ފުރަތަމަ ހަރަކާތް މިއަދު ހ. މީރުމާގައި ވަނީ ފަށާފަ އެވެ. މަޓީގެ މެމްބަރުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިސް ބޭފުޅުން ވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވެފަ އެވެ.

މަޓީ އިންސައިޓް ސިލްސިލާގެ ފުރަތަމަ އެޑިޝަން. (ފޮޓޯ/މަޓީ)

މިއަދުގެ ހަރަކާތް ފެށީ ނެޓްވޯކިން ސެޝަންއަކުންނެވެ. އަދި އެއަށް ފަހު ޓްރިޕް.ކޮމް، އެސްޓީއާރު، ލައިޓްހައުސް އަދި ލޮޓީފައިލްސްގެ ޕްރެޒެންޓޭޝަންތަކެއް ހިއްސާކުރި އެވެ.

އެސްޓީއާރުން ހިއްސާކުރީ ބައިނަލްއަގްވާމީ ނަޒަރަކުން ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއާ ބެހޭ ޕްރެޒެންޓޭޝަނެކެވެ. ލައިޓްހައުސްގެ ޕްރެޒެންޓޭޝަން އަލިއަޅުވާލީ ދަތުރުފަތުރާއި ބުކިންގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ފައިދާ އިތުރުކުރެވިދާނެ ގޮތްތަކަށެވެ.

ޓްރިޕް.ކޮމްގެ ޕްރެޒެންޓޭޝަންގައި ވެސް އެންމެ ފަހުގެ ޓްރެންޑްތަކުގެ މައުލޫމާތު ހިއްސާކޮށް، ޗައިނާގެ ޑިމާންޑު މަތިކުރަން ކުރެވިދާނެ ގޮތްތައް ހިއްސާކުރި އެވެ. އަދި ލޮޓީފައިލްސްއިން ހިއްސާކުރީ ބްރޭންޑް ވިޒިބިލިޓީ މަތިކުރުމަށްޓަކައި މާކެޓިން ކޮލޭޓްރަލްސްގައި މޯޝަން ޑިޒައިން ބޭނުންކުރާނެ ގޮތްތަކެވެ.

ޕްރެޒެންޓޭޝަންތަކަށްފަހު ސުވާލާއި ޖަވާބު ސެޝަނަކާއި ބައިވެރިންގެ މެދުގައި މަޝްވަރާތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް