އެލައިޑް މަދަހަ މުބާރާތް ކާމިޔާބުކުރި އަޒްކާ ބިންތު އާދަމްގެ ބައްޕަ، އާދަމް ނަސީމް (ކ)އާ އިނާމު ހަވާލުކުރުން. (ފޮޓޯ/އެލައިޑް އިންޝުއަރެންސް)

އެލައިޑް މަދަހަ މުބާރާތުގެ 1 ވަނައަށް އެންމެ ފަހުގެ އައިޕެޑެއް ދީފި

އެލައިޑް މަދަހަ މުބާރާތް ކުރިއަށްގެންދިޔައީ 12 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން. އެ މުބާރާތް ކާމިޔާބުކުރި އަޒްކާ ބިންތު އާދަމްއަށް އިނާމެއްގެ ގޮތުގައި ދިނީ އެޕަލްގެ އެންމެ ފަހުގެ އައިޕެޑެއް

ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑް އިންޝުއަރެންސްއިން ފޭސްބުކްގައި ކުރިއަށް ގެންދިޔަ މަދަހަ މުބާރާތް ކާމިޔާބުކުރި ކުއްޖާއަށް އިނާމު ހަވާލުކޮށްފި އެވެ.

ތަފްސީލު - އެ މުބާރާތުގެ އެއް ވަނަ ހޯދީ ހަދީޖާ އަޒްކާ ބިންތު އާދަމް އެވެ. އަޒްކާއަށް އިނާމެއްގެ ގޮތުގައި އެލައިޑްއިން ދިނީ އެޕަލްގެ ޓެންތު ޖެނެރޭޝަންގެ އައިޕެޑެކެވެ.

އެ އިނާމު އެލައިޑްގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާބިގު އެވެ. އަދި އަޒްކާގެ ފަރާތުން އިނާމާ ހަވާލުވީ، ބައްޕަ، އާދަމް ނަސީމް އެވެ.

އެލައިޑްގެ މަދަހަ މުބާރާތް ކުރިއަށްގެންދިޔައީ 25 ފެބްރުއަރީއިން 9 އޭޕްރީލްގެ ނިޔަލަށެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ގިނަ އަދަދެއްގެ ކުދިންގެ ބައިވެރިވުމާއި އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް އެލައިޑްއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް