މީޑިއާނެޓުގެ އޮފީސް. (ފޮޓޯ/މީޑިއާނެޓް)

މީޑިއާނެޓް

މާދަމާ އަކީ މީޑިއާނެޓުގެ އޮޓޯ ރިނިއުވަލް ޕްރޮމޯޝަނުގެ ފަހު ދުވަސް

އޮޓޯ ރިނިއުވަލް ހިދުމަތަކީ މީޑިއާނެޓުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ ހިދުމަތެއް
29 އޭޕްރީލު 2024

މީޑިއާ ނެޓުން މިހާރު ކުރިއަށް ގެންދާ އޮޓޯ ރިނިއުވަލް ޕްރޮމޯޝަން މާދަމާ ނިމޭނެ އެވެ.

އޮޓޯ ރިނިއުވަލް ހިދުމަތަކީ މީޑިއާނެޓުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ ހިދުމަތެކެވެ.

މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުންވެސް ބަލާލެވެ އެވެ.

ހިދުމަތް މެދުކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާންނެތުނަސް، ބިލު ދައްކަން ޖެހޭ ދުވަހު އޮޓޯ އިން ބިލަށް ފައިސާ ދެއްކޭ މި ހިދުމަތާ އެކު ސަބްސްކްރިޕްޝަންގެ މުއްދަތު ހަމަވުމުން ކުރިއަށް އޮތް 30 ދުވަހަށް ހިދުމަތް އާ ވެ އެވެ.

މީޑިއާ ނެޓު އޮޓޯ ރިނިއުވަލް ޕްރޮމޯޝަން މާދަމާ ނިމޭނެ

މީޑިއާނެޓު އޮޓީ ރިނިއުވަލް ޚިދުމަތަށް ރަޖިސްޓަރ ކުރުމަށް

  • މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް އަށް ޒިޔާރަތްކޮށް މީޑިއާނެޓު އެކައުންޓާއި ބެހޭ މައުލޫމާތު ޖަހާ

  • މިވަގުތު ސަބްސްކްރައިބް ކޮށްފައިވާ ޕެކޭޖާ އެކު ކުރިއަށް ދިއުމަށް ނުވަތަ އައު ޕެކޭޖަކާއެކު ކުރިއަށް ދިއުމަށް އިހުތިޔާރުކުރޭ

  • އޮޓޯ ރިނިއުވަލް އޮޕްޝަންގައި ފާހަގަ ޖަހާ ކާޑު މައުލޫމާތު ސޭވް ކުރޭ

  • އީ މެއިލް އެޑްރެސް ޖަހާ އީމެއިލްގެ ޒަރިއްޔާއިން ލިބޭ އޯޓީޕީ ޖަހާ

  • ބީއެމްއެލްގެ ޕޭމެންޓް ގޭޓްވޭ އިން ފައިސާ ދައްކާ

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން މުއްދަތު ތެރޭގައި އޮޓޯ ރިނިއުވަލް ހިދުމަތައް ރަޖިސްޓާ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

  • 1 ވަނަ އިިނާމު: 1 އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

  • 2 ވަނަ އިނާމް: 6 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

  • 3 ވަނަ އިނާމް: 3 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް