ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕްގެ މުވައްޒަފުން ލޭ ހަދިޔާ ކޮށްފި

އެ ހޮސްޕިޓަލުން ބުނީ މި ކެމްޕެއިންގެ އަމާޒަކީ ލޭ ހޯދުމުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުން ކަމަށް
24 އޭޕްރީލު 2024

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުުރުމުގެ ޕްރޮގްރާމު ނިންމާލައިފި އެވެ.

ތަފްސީލް - ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން މި މަހުގެ 21 އަދި 22 ގައި ކުރިއަށް ގެންދިޔަ އެ ކެމްޕޭނުގައި ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި އެ ކެމްޕެއިންގެ އަމާޒަކީ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށާއި މުޖުތަމައުއަށް ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުން ކަމަށެވެ.

މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ނަގާ ލޭ، ރާއްޖޭގެ އެހެނިހެން ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އިޖުތިމާއީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، މުޖުތަމައުއަށް ފައިދާކުރާނެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަބަދުވެސް އަހައްމިއްޔަތުކަން ދޭ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް