އެލައިޑް އިންޝުއަރެންސްެގެ ހިދުމަތްދޭ މަރުކަޒެއް

އެލައިޑް ރޯދަ ޕްރޮމޯޝަނާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފަހު ފުރުސަތު މިއަދު

ރޯދަ ޕްރޮމޯޝަންގައި އެލައިޑްގެ ހިޔާވަހި ޕްލޭން ނަަގައިގެން ގިފްޓް ޕެކެއް ލިބޭއިރު މަދަހަ މުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިޕެޑެއް ވަނީ ހުށަހަޅާފައި
9 އޭޕްރީލު 2024

މިއީ އެލައިޑް އިންޝުއަރެންސްއިން މި އަހަރުގެ ރޯދަމަހު ކުރިއަށްގެންދާ ޕްރޮމޯޝަނާއި މަދަހަ މުބާރާތުގައި ބައިވެރިވެ، އިނާމު ހޯދުމުގެ ސުންގަޑި ހަމަވާ ދުވަހެވެ.

އެލައިޑް ރޯދަ ޕްރޮމޯޝަން

މި ޕްރޮމޯޝަންގައި ގެދޮރުގައި ހުންނަ މުދަލަށް ހާއްސަ އިސްލާމިކް އިންޝުއަރެންސް ޕްލޭން، 'ހިޔާވަހި' ޕްލޭންގެ އަހަރަކަށް 600ރ. ދައްކައިގެން 650،000ރ.އާ ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަގާ ކޮންމެ ކަސްޓަމަރަކަށް، ކޮންމެ ޕްލޭނަކާއި އެއް އަގުގެ ގިފްޓް ޕެކެއް ލިބޭނެ އެވެ.

އޮންލައިންކޮށް މައި އެލައިޑް ޕޯޓަލް އަދި އެލައިޑް މޮބައިލް އެޕްލިކޭޝަނުން ވަގުތުން ނެގޭ މި ޕްލޭނަކީ، އެލައިޑުން ފާހަގަކުރާ ގޮތުގައި ގެދޮރުގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން:

  • މި ޕްލޭން މެދުވެރިކޮށް އޭސީ، ފުރިޖު، ދޮންނަ މެޝިން، ބަދިގެ ސާމާނު އަދި މި ނޫނަސް އަގުހުރި ތަކެތި ކަވަރު ކުރެވޭނެ

  • މުދަލަށް ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ވިއްސާރަ، އަލިފާނުގެ ހާދިސާ އަދ ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން ގެއްލުން ލިބޭ ހާލަތްތައް ހިމެނޭ

ހިޔާވަހީގެ ލަގްޒަރީ ޕްލޭންއަކާ އެކު ދޫކޮށްލާ ހަދިޔާ ހޯދުމަށް ދާން ޖެހޭނީ ޕްލޭން ނަގާތާ އެއް މަސް ދުވަހުގެ ތެރޭގައި، ރަސްމީ ގަޑީގައި ހ. އޯކިޑުގައި ހުންނަ އެލައިޑް ކަސްޓަމާ ފްރަންޓް އޮފީހަށެވެ.

މަދަހަ މުބާރާތް

ކުޑަކުދިންނަށް ހާއްސަކޮށްގެން އެލައިޑުން މި އަހަރު ފޭސްބުކްގައި ކުރިއަށްގެންދާ މަދަހަ މުބާރާތުގެ ސުންގަޑި ވެސް މިރޭ 12 ޖަހާއިރު ހަމަވާނެ އެވެ.

މުބާރާތަށް ހާއްސަ ހޭޝްޓެގް، #އެލައިޑްމަދަހަ ޖެހުމަށްފަހު ޕޯސްޓު ކޮށްލުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

މި މުބާރާތަށް ހުށަހަޅާ މަދަހަ ވީޑިިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށަހަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިޕެޑެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ 12 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި ވީޑިއޯ ޕޯސްޓު ކުރަންވާނީ ބެލެނިވެރިޔާގެ ހުއްދައާ އެކު، ބެލެނިވެރިޔާގެ ފޭސްބުކް އެކައުންޓުން ޕަބްލިކް ސެޓިންގަ އެވެ.

މި މުބާރާތަށް މިހާރުވެސް އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް އެލައިޑުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް