މީޑިއާނެޓް ވީޑިއޯ ކްލަބް

މީޑިއާނެޓް

މީޑިއާނެޓު ވީޑިއޯކްލަބް ރާއްޖޭގެ ސްޓްރީމިންގެ ދުމަތުގެ އެންމެ އުހަށް

ދިވެހި ކޮންޓެންޓުގެ އިތުރުން އިނގިރޭސި، ހިންދޫ، އުރުދޫ އަދި ޓާކިޝް ފިލްމާއި ސީރީޒް ވެސް ވީޑިއޯ ކްލަބުން ސްޓްރީމު ކުރެވޭނެ
2 އޭޕްރީލު 2024

ޒަމާނުއްސުރެ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ މީޑިއާނެޓުގެ ފަރާތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ވަނީ އާ ހިދުމަތެއް ތައާރަފު ކޮށްފަ އެވެ.

މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ހިދުމަތް، އެމް އެސް ވީޑިއޯކްލަބަށް މިއަހަރު ތިން އަހަރު ފުރުނު އިރު، މި ވަގުތު ރާއްޖޭގެ ސްޓްރީމިންގް ދާއިރާގައި އެންމެ އުހުގައި އޮތީ ވީޑިއޯކްލަބޭ ބުނެވިދާނެ އެވެ.

ވީޑިއޯކްލަބުން އެންމެ އުހަށް މި ކުރި ދަތުރަކީ ގިނަ ހަރުފަތްތަކެއް ކަޑައްތު ކުރުމަށް ފަހު ހާސިލްކުރި ކާމިޔާބީ އެކެވެ.

އެގޮތުން މި ހިދުމަތުގައި ހިމެނޭ ކޮންޓެންޓާއި އެޕްލިކޭޝަންގެ ކޮލިޓީވެސް ދުވަހުން ދުވަހަށް ދިޔައީ ރަނގަޅުވަމުންނެވެ.

ހާއްސަކޮށް ދިވެހި އަމިއްލަ އުފެއްދުންތަކަށް ވީޑިއޯކްލަބުން ދިން އިސްކަން ފާހަގަ ކުރެވެ އެވެ.

އެމް- އޮރިޖިނަލްސް

އެމް އޮރިޖިނަލްސް ބެނާގެ ދަށުން ގިނަ ދިވެހި އަމިއްލަ އުފެއްދުންތަކެއް ވީޑިއޯކްލަބުން އަންނަނީ ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

އެމް އޮރިޖިނަލްގެ ފެށުމަކީ 2021 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަރިޔަމް" އެވެ. "މަރިޔަމް" އިން ދަތުރު ފެށުމަށް ފަހު އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާ އުފެއްދުންތައް ދިޔައީ އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންނެވެ. ދިވެހި އަމިއްލަ ފިލްމުތަކާއި ސީރީޒްތައް އެމް އޮރިޖިނަލްސް ބެނާގެ ދަށުން ވަނީ ގެނެސްދީފަ އެވެ.

އެމް އޮރިޖިނަލްސްގެ ފިލްމުތަކުގެ ތެރޭގައި "މަރިޔަމް"ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެކްޓު ކޮށްފައިވާ ފިލްމު "ހެހެސް" އާއި ދާދި ފަހުން ރިލީޒްކުރި މަގްބޫލު ފިލްމު "ހިނދުކޮޅެއް" ފާހަގަކޮށްލެވެ އެވެ.

އެމް އޮރިޖިނަލްސްގެ ސީރީޒްތަކުގެ ތެރޭގައި ސަސްޕެންސް ހިމެނޭ ދިވެހިންގެ ރަހަތަކާ ގުޅޭ ސީރީޒްތައް ކަމުގައިވާ "ދަރަކަ"، "ގަރީނާ" އަދި "ލަފްޒު" ފާހަގަކޮށްލެވެ އެވެ.

ހިންދީ އަދި އިނގިރޭސި ކޮންޓެންޓް

ހިންދީ އަދި އިނގިރޭސި ފިލްމާއި ސީރީޒްއަކީ ދިވެހިންނާއި ރައްޓެހި ދިވެހިން ގަޔާވާ ކަހަލަ ކޮންޓެންޓެވެ. ވީޑިއޯކްލަބްގެ ލައިބްރަރީގައި އިނގިރޭސި އަދި ހިންދީ ފިލްމާއި ސީރީޒް ހިމެނިފައިވެ އެވެ.

އޭގެ ތެރެއިންވެސް ޒީ5 އޮރިޖިނަލްސްގެ ކޮންޓެންޓް ފާހަގަކޮށްލެވެ އެވެ. ޒީ5 އޮރިޖިނަލްސް ބެނާގެ ދަށުން އުފައްދާފައިވާ "ފައިނަލް ކޯލް" އަދި "އަބްހޭ" ފަދަ ސީރީޒްތަކަކީ އިންޑިއާގައި ވެސް ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ސީރީޒް އެވެ. މި ސީރީޒްތައް ވީޑިއޯކްލަބް މެދުވެރިކޮށް ބެލޭނެ އެވެ.

އެހެނިހެން ކޮންޓެންޓް

ހިންދީ އަދި އިނގިރޭސި ކޮންޓެންޓްގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ކާޓޫނާއި އެޑިއުކޭޝަނަލް ކޮންޓެންޓް ވީޑިއޯކްލަބުގައި ހިމެނެ އެވެ. އޭގެ ތެރޭގައި "ސްޕޮންޖްބޮބް ސްކޮޔާ ޕޭންޓްސް" އަދި "ބްލިއްޕީ" ފާހަގަކޮށްލެވެ އެވެ.

ވީޑިއޯކްލަބުގެ މުއްސަނދިކަން މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މިގޮތުން "މެހްމެދް" އަދި "ހާޓް އޮފް ދަ ސިޓީ" ޓާކިޝް ކޮންޓެންޓް އަދި "ދަރްމިޔާ" އާއި "އެއިތްރާފް" ފަދަ އުރްދޫ ކޮންޓެންޓްވެސް ވީޑިއޯކްލަބުގައި ހިމެނެ އެވެ.

ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކުރުމަށް ވަރަށް ފަސޭހަ އެވެ. މިގޮތުން އެމް އެސް މީޑިއާނެޓު އެޕްލިކޭޝަން ފޯނަށް ޑައުންލޯޑު ކުރުމަށްފަހު ބޭނުންވާ ސަބްސްކްރިޕްޝަނެއް ނެގުމުން ވީޑިއޯކްލަބް ކޮންޓެންޓް ބަލާލެވޭނެ އެވެ.

މީގެ އިތުރުން މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް މެދުވެރިކޮށް، ރަޖިސްޓާޑް ކަސްޓަމަރުންނަށް ސަބްސްކްރިޕްޝަން ގަނެވޭނެ އެވެ. އަދި ފަސޭހަކަމާ އެކު ވައުޗާ އެއް ގަނެގެން ވެސް ކޮންޓެންޓް ބަލާލެވޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް