މާޗް 26، 2024: އެމެރިކާގެ މެރީލޭންޑްގެ ބެލްޓިމޯރުގައި ވެއްޓުނު ފްރާންސިސް ސްކޮޓް ކީ ބްރިޖުގައި ޖެހުނު ޑާލީ މުދާ އުފުލާ އުޅަނދުގެ ޑްރޯން ވިއުއެއް ހޭންޑްއައުޓް ވީޑިއޯއަކުން ނަގާފައިވާ މި ސްޓިލް ފޮޓޯގައި.. އެންޓީއެސްބީ/

އެމެރިކާ

ކޮންޓޭނަރު ބޯޓެއްގެ އިންޖީނު ފޭލިވެ، ބޯލްޓިމޯ ބުރިޖުގައި ޖެހި ބުރިޖު ވެއްޓިއްްޖެ

27 މާރިޗު 2024

އިންޖީނު ހުއްޓި މުދާ އުފުލާ ބޮޑު ކޮންޓޭނަރު އުޅަނދެއް އެމެރިކާގެ ބޯލްޓިމޯ ބުރިޖުގައި އިއްޔެ ޖެހި ބުރިޖު ވެއްޓި، ހަ މީހަކު ގެއްލި އަދި އެ މީހުން މަރުވެފައިވާ ކަމަށް ބެލެވިއްޖެ އެވެ. އަދި އެެއާ އެކު އެމެރިކާގެ އިރުމަތީގައި އޮޕަރޭޓް ކުރާ އެންމެ ހާރުބާރު ބޮޑު އެއް ބަނދަރު ބަންދުކުރަން ވަނީ މަޖުބޫރުވެފަ އެވެ.

އެމެރިކާގެ ކޯސްޓްގާޑުގެ ރިއާ އެޑްމިރަލް ޝެނޮން ގިލްރެތު ވިދާޅުވީ، ގެއްލުނު މަސައްކަތްތެރިން ދިރިތިއްބާ ފެނުމުގެ އުއްމީދެއް ނެތް ކަމަށެވެ. އެއީ ކަނޑުގެ ފެންގަނޑުގެ ފިނިކަމުންނާ އަދި މިހާތަނަށް ހޭދަވި ވަގުތަށް ބަލާ އިރު އެކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރު ދިދަ ޖަހާފައިވާ ޑަލީ ނަމަކަށް ކިޔާ ކޮންޓެއިނަރު ބޯޓު ދަތުރުކުރަމުން ދިޔައީ ބަލްޓިމޯ ބަނދަރުން ފުރައިގެން ސްރީ ލަންކާ އަށެވެ. ފްރާންސިސް ސްކޮޓްކީ ބުރިޖްގެ ތެރެއަށް ބޯޓު ވަދެފައިވަނީ ކުރީ ރޭ ދަންވަރު އެވެ.

ބޯޓު ބުރިޖުގައި ޖެހުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ގާތްގަނޑަކަށް 1.6 މޭލު ދިގުމިނުގެ ބުރިޖުން ބޮޑު ބައެއް ކާރުތަކާއި މީހުންނާ އެކު ގަނޑުފެނުގެ ތެރެއަށް ވެއްޓުނެވެ.

އެ ހާދިސާ ހިނގުމުގެ ކުރިން ބޯޓުގެ އިންޖީނު ފޭލިވެފައިވާކަން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެއާ އެކު ބުރިޖުގެ ދަތުރުތައް ހުއްޓުވާލުމަށް އޮފިޝަލުންނަށް ފުރުސަތު ލިބުނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި އެ ބޯޓު އަނދިރީގެ ތެރޭގައި ބުރިޖުގެ ތެރެއަށް ވަންނަ އިރު، ބޯޓުން ބުރިޖުގައި ޖެހި ބުރިޖު ފެނަށް ވެއްޓި، ބޯޓުގައި އަލިފާން ރޯވާތަން ފެނެ އެވެ.

އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ޕީޓް ބަޓިގިގް ވިދާޅުވީ އެ ގައުމުގެ އެންމެ ބިޒީ އެއް ޝިޕިން ލޭން ބަންދުކުރުމުން ސަޕްލައި ޗެއިންތަކަށް ބޮޑު އަދި ދިގު އަސަރެއް ކުރާނެ ކަމަށެވެ. އެމެރިކާގެ އެހެން ބަނދަރުތަކަށް ވުރެ ގިނައިން އޮޓޯމޯބައިލް ކާގޯ ބަލަހައްޓަނީ ބަލްޓިމޯ ބަނދަރުން ކަމަށް ބަނދަރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިދިޔަ 2022 ވަނަ އަހަރު ވެސް އެ ބަނދަރުން 750،000 ވެހިކަލަށް ހިދުމަތްދީފައިވެ އެވެ.

މާޗް 26، 2024: އެމެރިކާގެ މެރީލޭންޑްގެ ބެލްޓިމޯރުގައި ވެއްޓުނު ފްރާންސިސް ސްކޮޓް ކީ ބްރިޖުގައި ޖެހުނު ޑާލީ މުދާ އުފުލާ އުޅަނދުގެ ޑްރޯން ވިއުއެއް ހޭންޑްއައުޓް ވީޑިއޯއަކުން ނަގާފައިވާ މި ސްޓިލް ފޮޓޯގައި.. އެންޓީއެސްބީ/

ސިންގަޕޫރުގެ ޕޯޓް އޮތޯރިޓީން ބުނީ، 948 ފޫޓުގެ ބޯޓުގެ ދުވުން ހުއްޓުމާ އެކު އިމަޖެންސީ ޕްރޮސީޖާގެ ދަށުން ވަގުތުން ވަނީ ނަގިލިތައް ތިރިކޮށްފައި ކަމަށެވެ.

ޑަލީގެ ވެރި ފަރާތަކީ ގްރީސް އޯސަން ޕްރައިވެޓް ލިމިޓެވެ. އަދި މެނޭޖު ކުރަނީ ސިނާޖީ މެރިން ޕްރައިވެޓް ލިމިޓެޑުންނެވެ. ސިނާޖީ އިން ބުނީ ބޯޓު އުރުނީ ބުރިޖުގެ ތަނބަކަށް ކަމަށެވެ.

ސްޓާ-ސްޕެންގްލްޑް ބެނާގެ ލިޔުންތެރިޔާގެ ނަން ދީފައިވާ މި ބުރިޖް ހުޅުވީ 1977 ވަނަ އަހަރު އެވެ.

އެ ހާދިސާ ހިނގި އިރު އެ ބޯޓަކީ ޑެންމާކުގެ މާސްކްއިން ޗާޓަރުކޮށްފައިވާ އުޅަނދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް