11 ފެބްރުއަރީ 2024: އެމްއެމްއޭ. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އެމްއެމްއޭ

ފަވަރައިން ފައިސާ ފޮނުވޭ ލިމިޓް ބޮޑުކޮށްފި

އާ ލިމިޓާ އެކު ފަހަރަކު 200،000ރ.އާ ހަމައަށް މިހާރު ފައިސާ ފޮނުވޭނެ. ފަވަރަ މެދުވެރިކޮށް ފައިސާއަށް އެދެވޭ ލިމިޓު ވެސް ވަނީ 10،000ރ.އަށް ބޮޑުކޮށްފައި

އެއް ބޭންކުން އަނެއް ބޭންކަށް ފޮނުވާ ފައިސާ ވަގުތުން ޖަމާވާ ފަސޭހައާ އެކު މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތައާރަފްކުރި 'ފަވަރަ' އިންޓަނެޓް ޕޭމަންޓް ސިސްޓަމުން ފައިސާ ފޮނުވޭ ލިމިޓާއި ފައިސާ އެދެވޭ ލިމިޓު ބޮޑުކޮށްފި އެވެ.

ތަފްސީލު - މީގެ ކުރިން ފަވަރައިގެ ލިމިޓުތަކަކީ:

  • ފަވަރަ ޓްރާންސްފާ - ފަހަރަކު 50،000ރ.އާ ހަމައަށް

  • ފަވަރަ ރިކުއެސްޓް - ފަހަރަކު 5،000ރ.އާ ހަމައަށް

މިއަދު އަމަލުކުރަން ފަށާ އާ ލިމިޓަކީ:

  • ފަވަރަ ޓްރާންސްފާ - ފަހަރަކު 200،000ރ.އާ ހަމައަށް

  • ފަވަރަ ރިކުއެސްޓް - ފަހަރަކު 10،000ރ.އާ ހަމައަށް

އެހެން ނަމަވެސް، ބޭންކުތަކުން އަމިއްލައަށް ކަނޑައަޅާ ލިމިޓުތައް އެޕްލައިވުމަކީ އެކަށީގެންވާ ކަމެކެވެ.

އެނގުން މުހިންމު - ފަވަރަ އައިޕީއެސްގައި މިވަގުތު ބައިވެރިވަނީ ފަސް ބޭންކަކުންނެވެ. އެއީ:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)

  • މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)

  • ބޭންކް އޮފް ސިލޯން (ބީއޯސީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް