ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީރާ

2.33 ބިލިއަން ރުފިޔާއާ އެކު މިދިއަ މަހު ދައުލަތުގެ އާމްދަނީ ކުރީ އަހަރަށް ވުރެ ބޮޑު ތަނުން އިތުރު

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި 100 މިލިއަން ޑޮލަރު ވެސް ހިމެނޭ

ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް މިދިޔަ ފެބްރުއަރީ މަހު 2.33 ބިލިއަން ރުފިޔާ ބަލައިގަނެ، އޭގެ ކުރީ އަހަރަށް ވުރެ ދައުލަތުގެ އާމްދަނީ ބޮޑު ތަނުން އިތުރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއީ ފެބްރުއަރީގައި ލިބޭނެ ކަމަށް ލަފާާކުރި ވަރަށް ވުރެ %22.3 އަދި މިދިޔަ އަހަރުގެ ފެބްރުއަރީއާ އަޅާބަލާއިރު %33.7 އިތުރު އަދަދެކެވެ.

ތަފްސީލު - މިދިޔަ މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، މީރާއިން ބުނި ގޮތުގައި:

  •  ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން

  • ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުލީގެ ތެރެއިން ނުލިބި ހުރި ފައިސާ މިދިޔަ މަހު މީރާއަށް ބަލައިގެންފައިވުން

  • ފަތުރުވެރިންގެ އަދަދު އިތުރުވުން

ފެބްރުއަރީގައި މީރާއަށް އެންމެ ގިނައިން އާމްދަނީ ލިބުނު ބައިތަކަކީ:

  • ޖީއެސްޓީ - 1.6 ބިލިއަން ރުފިޔާ (އާމްދަނީގެ %70)

  • އިންކަމް ޓެކްސް - 246.3 މިލިއަން ރުފިޔާ (އާމްދަނީގެ %10.6)

  • ގްރީން ޓެކްސް - 102.8 މިލިއަން ރުފިޔާ (އާމްދަނީގެ %4.4)

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 91 މިލިއަން ރުފިޔާ (އާމްދަނީގެ %3.9)

  • ޑިޕާޗާ ޓެކްސް - 89.4 މިލިއަން ރުފިޔާ (އާމްދަނީގެ %3.8)

މިދިޔަ މަހު މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު މިންވަރު 100.34 މިލިއަން ޑޮލަރަށް އަރަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް