ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ މައި އޮފީސް.
އާރުއޯއެލްގެ 'ރޯދަ ވެދުން': ދީނީ ސުވާލެއްގެ ޖަވާބު ދިމާކޮށްގެން ދުވާލަކު ޕިއްޒާއެއް
ރާއްޖެ އޮންލައިން (އާރުއޯއެލް)އިން ރޯދަމަހުގެ ކޮންމެ ދުވަހަކު ހަދިޔާ ދޭ 'ރޯދަ ވެދުން' ކުއިޒް މި ރޯދަމަހު ވެސް ކުރިއަށް އެބަގެންދެ އެވެ.
މި އަހަރުގެ ރޯދަ ވެދުން ކުއިޒް ކުރިއަށްގެންދަނީ އިސްލާމިކް މިނިސްޓްރީ އާއި ޑޯނާ ކެބާބް މޯލްޑިވްސްއާ ގުޅިގެންނެވެ.
މި ކުއިޒްގައި ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް އާރުއޯއެލްގެ ފޭސްބުކް ޕޭޖުގައި ދީނީ ސުވާލެއް ހިއްސާކުރާނެ އެވެ. ރަނގަޅު ޖަވާބު ކޮމެންޓު ކުރާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ މީހަކަށް ޑޯނާ ކެބާބްގެ ޕިއްޒާއެއް ލިބޭނެ އެވެ.
ރޯދަ ވެދުން ކުއިޒްގައި ބައިވެރިވާއިރު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކަކީ:
-
އާރުއޯއެލް އާއި ޑޯނާ ކެބާބްގެ ޕޭޖް ލައިކް/ފޮލޯ ކުރުން
-
ސުވާލު ޕޯސްޓަށް ލައިކް ކުރުމަށްފަހު ހިއްސާކުރުން
-
ކޮމެންޓު ކުރާއިރު އިތުރު ތިން މީހުން ޓެގްކޮށްލުން
ކޮންމެ ދުވަހެއްގެ ވެސް ނަސީބުވެރި ފަރާތް އިއުލާންކުރީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12 ޖަހާއިރު އެވެ.