އެސްޑީއެފްސީގެ ފަށާ މަދަދު ލޯނާއި ފަށާ މަދަދު ލީސިން ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. (ފޮޓޯ/އެސްޑީއެފްސީ)

އެސްޑީއެފްސީ

އަންހެނުންނަށް ހާއްސަ 'ފަށާ މަދަދު' ލޯނާއި ލީސިން ސްކީމް ތައާރަފްކޮށްފި

ފަށާ މަދަދު ލޯނުގެ ދަށުން 100،000 ރުފިޔާ އިން 500،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
23 ފެބްރުއަރީ 2024
1

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންހެނުންނަށް ހާއްސަ 'ފަށާ މަދަދު' ލޯނު އާއި 'ފަށާ މަދަދު ލީސިން'ގެ ނަމުގައި ހަރުމުދާ ގަތުމަށް ފައިސާ ހަމަޖައްސައިދޭ ސްކީމެއް ތައާރަފްކޮށްފި އެވެ.

ތަފްސީލު - އަލަށް ތައާރަފްކުރި ފަށާ މަދަދު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ 3 މާޗުގަ އެވެ. އަދި ފަށާ މަދަދު ލީސިންއަށް އެދުމުގެ ފުރުސަތު ވެސް މާޗު މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެސްޑީއެފްސީއިން ބުނެ އެވެ.

ފަށާ މަދަދު ލޯނު

މި ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިިވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބުމުގައި ދަތިތައް ކުރިމަތިވާ މީހުންނަށެވެ. މީގެ އިތުރުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ އަންހެނުންނަށް ވެސް މި ލޯނު ދޫކުރާނެ އެވެ.

  • އިންޓްރެސްޓް ރޭޓް - %6

  • ލޯނުގެ އަދަދު - 100،000 - 500،000ރ.

  • ގްރޭސް ޕީރިއަޑް - ގިނަވެގެން 12 މަސް

  • ލޯނު އަނބުރާ ދައްކަން - ގިނަވެގެން 7 އަހަރު

ފަށާ މަދަދު ލީސިން

މި ސްކީމްގެ މަގްސަދަކީ، އެސްޑީއެފްސީއިން ބުނާ ގޮތުގައި އަމިއްލަ މަސައްކަތާއި ފްރީލާންސް އަދި ގޭގައި މަސައްކަތް ކުރާ އަންހެނުންނަށް، ވިޔަފާރި ކުރިއަރުވަން ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.

  • އިންޓްރެސްޓް ރޭޓް - %8

  • ލޯނުގެ އަދަދު - 10،000 - 100،000ރ.

  • ގްރޭސް ޕީރިއަޑް - ގިނަވެގެން 6 މަސް

  • ލޯނު އަނބުރާ ދައްކަން - ގިނަވެގެން 5 އަހަރު

ކޮމެންޓް (1)

ޙަދަދު

23 ފެބްރުއަރީ 2024
ޜިބާ ލޯނު ބޭނުމެއްނޫން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް