އިންޑިއާގެ ކްރިކެޓް ވިމެންސް ޕްރިމިއާ ލީގުގައި ކުޅޭ ފަސް ޓީމުގެ ކެޕްޓަނުން މުބާރާތުގެ ތަށްޓާ އެކު

މީޑިއާނެޓް

ވިމެންސް ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް މީޑިއާނެޓުން ދައްކަނީ

ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި، މިދިޔަ އަހަރުގެ ޓީ20 އަންހެނުންގެ ވޯލްޑް ކަޕުގައި ވިދާލި ގިނަ ކުޅުންތެރިން ފެންނާނެ
23 ފެބްރުއަރީ 2024

އިންޑިއާގައި އަންހެނުންގެ މެދުގައި ކުޅޭ ކުލަގަދަ ކްރިކެޓް މުބާރާތް، ވިމެންސް ޕްރިމިއާ ލީގު (ޑަބްލިޔުޕީއެލް)ގެ ދެވަނަ ސީޒަން މިރޭ ފަށާނެ އެވެ.

މިދިޔަ އަހަރު ތައާރަފް ކުރި މި މުބާރާތަށް ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މީޑިއާނެޓުން ބުނިގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް މުބާރާތުގެ ފޯރިގަދަ ހުރިހާ މެޗެއް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ފެންނާނެ އެވެ.

އިންޑިއާގެ ކްރިކެޓް ވިމެންސް ޕްރިމިއާ ލީގު މީޑިއާނެޓުން ދައްކާނެ

މި އަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެއް މެޗެވެ.

  • މެޗުތައް ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 7 ޖަހާއިރު

  • ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިން

  •  އެމްއެސް ޑިޖިޓަލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުން

މި މުބާރާތުގެ އިތުރުން މާޗް މަހު ފަށާ އިންޑިއަން ޕްރިމިއާ ލީގުގެ މެޗުތައް ވެސް ވަގުތުން ގެނެސްދޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓުން ވަނީ މި ދެ މުބާރާތަށް ހާއްސަ އެމްއެސް ޑިޖިޓަލް ސީޒަން ފާސްތަކެއް ތައާރަފްކޮށްފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެ ވެސް މި މެޗުތައް ބަލާލެވޭނެ އެވެ.

ސީޒަން ފާސްތަކުގެ ތެރޭގައި ހިމެނެނީ:

  • އެމްއެސް ސްޓާޓާ - 99ރ: ވިމެންސް ޕްރިމިއާ ލީގާއި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށް ވުރެ ގިނަ ޗެނަލް

  • އެމްއެސް ކޮމްބޯ - 199ރ: ވިމެންސް ޕްރިމިއާ ލީގާއި އިންޑިއަން ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށް ވުރެ ގިނަ ޗެނަލް އަދި ވީޑިއޯ ކްލަބް ކޮންޓެންޓް

ބެންގަލޫރާއި ނިއު ދިއްލީގައި ކުޅޭ ޑަބްލިޔުޕީއެލްގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމް މުމްބާއީ އިންޑިއަންސް އާއި ރަނަރަޕް ދިއްލީ ކެޕިޓަލްސް އެވެ.

މާދަމާ ރޭ ރޯޔަލް ޗެލެންޖާޒް ބެންގަލޯ އަމިއްލަ ދަނޑުގައި ޔޫޕީ ވޮރިއާޒްއާ ވާދަކުރާނެ އެވެ.

މި މުބާރާތް މިރޭ ފަށާނީ ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާ އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް