ރާއްޖޭގައި މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ އާ ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން 6 އޮކްޓޯބަރު 2022 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއޭސީއެލް

10 އަހަރަށް ފަހު އެމްޔޫ މަނިކު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވައި، ސިޓީ ފޮނުއްވައިފި

އެމްޔޫ މަނިކު އިސްތިއުފާ ދެއްވީ އެމްއޭސީއެލްއިން ކުރިން ވަޒީފާއިން ވަކިކުރި 2 މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމުން
12 ފެބްރުއަރީ 2024
9

ޔުނިވާސަލް އެންޓަޕްރައިސްސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ސިޓީ ފޮނުއްވާފައިވާކަން 'ދައުރު'އަށް ކަށަވަރުވެއްޖެ އެވެ.

ތަފްސީލު - މިކަމުގެ މައުލޫމާތު އެނގޭ މީހަކު 'ދައުރު'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުހައްމަދު މަނިކު މަގާމުން އިސްތިއުފާ ދެއްވުމަށް ސިޓީ ފޮނުވީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

މުހައްމަދު މަނިކު އިސްތިއުފާ ދެއްވީ، މީގެ ކުރިން އެމްއޭސީއެލްގެ ވަޒީފާއިން ވަކިކޮށްފައި ތިބި ދެ މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގަންވާތީ ކަމަށްވެ އެވެ. އެ މީހުންނަށް ވަޒީފާ ދިނުމުގެ ކުރިން އެ މައްސަލަ މުހައްމަދު މަނިކު ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ. ނަމަވެސް އެކަމަށް އިހުތިރާމު ނުކޮށް އެ މީހުންނަށް ވަނީ އަލުން ވަޒީފާ ދީފަ އެވެ.

މުހައްމަދު މަނިކު ބޯޑު ޗެއާމަން ކަމުން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވިއަސް، އޭނާގެ އިސްތިއުފާ ގަބޫލު ކުރައްވައި އެކަން އަންގާފައެއް ނުވެ އެވެ. އަދި އެމްއޭސީއެލްގެ ބޯޑު ޗެއާމަނަކަށް އިތުރު ބޭފުޅަކު އައްޔަން ވެސް ކޮށްފައެއް ނުވެ އެވެ.

'ދައުރު'އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ މުހައްމަދު މަނިކުގެ އިސްތިއުފާ ގަބޫލު ނުކުރިއަސް، އޭނާ ދެން އެ މަގާމު ގަބޫލެއް ނުކުރައްވާނެ ކަމަށެވެ.

އެނގުން މުހިންމު - މުހައްމަދު މަނިކު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވީ ޖޫން 2013ގަ އެވެ.

ކޮމެންޓް (9)

ބޫހޫ

12 ފެބްރުއަރީ 2024
ބޫ ހޫ. ހޫ ކެއަރސް. ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ވިޔަފާރިވެރިޔާ އެއަރޕޯޓްގެ ބޯޑުން އިސްތިއުފާ ދިނުމަކީ ވެލްކަމް ކުރަން ޖެހޭ ކަމެއް.
3 2

އައްޑާ

12 ފެބްރުއަރީ 2024
ރެސްޕެކްޓް - ދިސް އިޒް އަ މޭން ވިތް ފުލް އިންޓްގްރިޓީ. ސެލިއުޓް ޔޫ ސަރ
5 0

އަޅި އަލީ

12 ފެބްރުއަރީ 2024
މަންޓާއަށް އަޅާ ބައި މަދުވީ
1 2

ތެފައާސާ.

12 ފެބްރުއަރީ 2024
ކޮރަޕްޝަނުގެ ތުުހުމަތުގައި ވަކިކޮށްފައި ތިބި ބަޔަކު އަލުން އަނބުރާ ގެނެސްގެން ކައްކަން މިއުޅެނީ ކޮން ގޭހެއްބާވައެވެ؟
5 1

މަނިކުބޭ

12 ފެބްރުއަރީ 2024
ހަމަ ރަނހަޅަށް ތިޔަހެދީ މިކުޅޭ ކުޅޭ ސަރުކާރަށް ވަމުންދާގޮތް އެބަފެނޭ. ފުރަތަމަ ދުވަހުން ފެށިގެން.
6 1

ކަޯބޭ

12 ފެބްރުއަރީ 2024
@މަނިކުބޭ ނޫނޭ ބޭފުލާ / އެމީހުން ބޭނުންވަރަކަށް ތަންތަން ނުލިބޭތީ. އެއީ ކުރީގެ މީހުން. މައްސަލައެއްނެތް. މ،ިހާރު ތިބޭނެ މާރަގަޅު މީހުން.
0 1

ކޮސް

12 ފެބްރުއަރީ 2024
މިހުންނަނީ މުއިއްޒުގެ ހިލްމެއްނެތްކަމާއި ނާޤާބިލުކަން.
5 0

ކަލޯ

12 ފެބްރުއަރީ 2024
@ކޮސް ކަލޯ ވީގޮތް އެގޭނީ އަޑިއަށް ފީނައިގެން. ބޭނުންގޮތެއް ނުވުންވެސް އެކަށީގެންވޭ.
0 1

ސަލީމް

12 ފެބްރުއަރީ 2024
ސީޕްލޭން ޓާމިނަލް މަނިކު މެން ބޭނުންވާ ގޮތައް ނުޥީ ހެ ހެ
7 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް