އެލައިޑްގެ ކޮމިޔުނިޓީ ފަންޑުން އެހީލިިބުނު ފަރާތްތަކަށް އެހީ ހަވާލުކުރުން (ފޮޓޯ/އެލައިޑް)

އެލައިޑް ކޮމިޔުނިޓީ ފަންޑުން އެހީދޭ ފަރާތްތައް އިއުލާނުކޮށްފި

6 ޖެނުއަރީ 2024

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ، 'ޕްރިމިއަމް ފޯ ގުޑް'ގެ ދަށުން ތައާރަފުކުރި ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް 2023 ވަނަ އަހަރު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފަންޑް ލިބޭ ފަރާތްތައް ކަނޑައަޅައި އިއުލާންކޮށްފި އެވެ.

ތަފްސީލް - އެލައިޑް ކޮމިޔުނިޓީ ފަންޑަކީ ހަތް ދާއިރާއަކުން މުޖުތަމައުއަށް ފައިދާކުރާނެ ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށްދޭ ފަންޑިން ޕްރޮގްރާމެކެވެ. 

ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000ރ.ގެ ފައިސާގެ އެހީ، މިފަންޑުގެ ދަށުން ފޯރުކޮށްދެ އެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑް ލިބޭ ޖަމިއްޔާތައް

  • ނައިފަރު ޖުވެނައިލް

  • މިލަންދޫ ސްޕޯޓްސް ކްލަބް

  • ކެޔޮދޫ އިސްދަރިވަރުންގެ ޖަމްއިއްޔާ

  • ބްލޫ ގިލްޑް ފައުންޑޭޝަން

މީގެ އިތުރުން  ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ 'އެލައިޑް އެޑިޔުކޭޝަން ފަންޑް' ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ހިޔާލު ހުށަހެޅި ސްކޫލުތަކަށް ވަނީ 25،000ރ.ގެ އެހީ ދީފަ އެވެ.

އެޑިއުކޭޝަން ފަންޑް ލިބޭ ސްކޫލްތައް؛

  • ފޯކައިދޫ ސްކޫލު

  • މާމެންދޫ ސްކޫލް

  • ހިރިލަންދޫ ސްކޫލް

  •  ބ.އަތޮޅު އެޑިއުކޭޝަން ސެންޓަރު

  •  މުހައްމަދު ޖަމާލުއްދީން ސްކޫލް

  • މަދްރަސަތުލް އިފްތިތާހު

އިތުރު އާޓިކަލް

އިތުރު އާޓިކަލް