ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕުން ހިދުމަތް ހޯދި ކުއްޖެއް (ފޮޓޯ/ޓްރީޓޮޕް)

އެޑްވަޓޯރިއަލް

ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

27 ޑިސެމްބަރު 2023
1

މި އަހަރުގެ ސްކޫލް ބަންދާ ދިމާކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވާ ހިތާނީ ކޭމްޕްގައި ބައިވެރިވާން އެދޭ ކުދިންގެ ނަން ނޯޓް ކުރުމަށް އެ ހޮސްޕިޓަލުން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟- ޓްރީ ޓޮޕްގެ ހިތާނީ ކެމްޕޭންއަށް ނަން ނޯޓް ކުރުމަށް ހުޅުވާލިކަން އިއުލާން ކުރީ އިއްޔެ އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގަ އެވެ.

ތަފުސީލް- އެ ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ނަން ނޯޓް ކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 10ގެ ނިޔަލަށް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބަޔާނުގައި ބުނީ އެ ހޮސްޕިޓަލްގެ ހިތާނީ ކޭމްޕްގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެ ޑޮކްޓަރުންގެ ތެރޭގައި، އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން ކަމަށްވާ، ޑރ. ހުސެއިން ހަދިޔެވް އާއި ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ޓްރީ ޓޮޕުން ބުނީ ހިތާނުކުރުމަކީ ކޮންމެ ކުއްޖަކަށް ވެސް ތަފާތު ތަޖުރިބާއެއް ކަމަށާއި ދީނީ ގޮތުން ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި އަމިއްލަ ސިއްހީ ދުށަހެޔޮ ކަމަށް އިސްކަންދިނުމަކީ އެމީހެއްގެ އަމިއްލަ ހަށިގަނޑަށް އަދާކުރަންޖެހޭ ހައްގެއް ކަމަށެވެ.

"މިފަދަ މުހިންމު ވަގުތުކޮޅެއްގައި އެންމެ ބޭނުންވާނީ ހިތްހަމަޖެހޭނެ ފަދަ ސިއްހީ މާހިރުންގެ އެހީތެރިކަމެވެ. ކުދިންގެ ހަޔާތުގައި މި މުހިންމު އަދި ނާޒުކު ވަގުތުގައި ފެންވަރު ރަނގަޅު ކޮލިޓީ ސިއްހީ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލު އަންނަނީ ދެމެންނެވެ. ސާޖަރީކުރުމާއި ހިތާނުކުރުން ފަދަ ޕްރޮސީޖާ ހެދުމުގެ ސިއްހީ ހިދުމަށް ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު އަދި ފުންނާބު އުސް ޑޮކްޓަރުންގެ ޓީމެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރިވެ އެވެ،"  

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ ހިތާނީ ޕެކޭޖްގެ އަގަކީ ކުއްޖަކަށް  5000ރ. ކަމަށެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވާ ކަމަށެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610އަށް މިނަމްބަރަށް ގުޅުއްވުމުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ކޮމެންޓް (1)

ސޭކުސްތާން

27 ޑިސެމްބަރު 2023
އާސަންދައިން 100% ކަވަރުކުރެވެންވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް