ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާ ބޯޑު މެމްބަރުން. (ފޮޓޯ/އެންބީއޭއެމް)

ބޯޓިން އެސޯސިއޭޝަންގެ އާ ދައުރުގެ ރައީސަކަށް އާމިރު މަންސޫރު

ބޯޓިން އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑުގެ އާ ދައުރަށް 12 މެމްބަރުން ވަނީ އިންތިހާބުކޮށްފައި
22 ނޮވެމްބަރު 2023

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އާ ދައުރުގެ ރައީސަކަށް އާމިރު މަންސޫރު އިންތިހާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - އާމިރު އެ މަގާމަށް ހަމަޖެއްސީ އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި އެންބީއޭއެމްގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ތަފްސީލު - އެންބީއޭއެމްގެ އާ އެގްޒެކެޓިވް ބޯޑު އިންތިހާބު ކުރީ އެ ޖަލްސާގައި ބައިވެރިވި 37 މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

އެންބީއޭއެމްގެ އާ ބޯޑު

  • ރައީސް - އާމިރު މަންސޫރު

  • ނައިބު ރައީސް - އާމިނަތު ސަލާހު

  • ހަޒާންދާރު - އަހްމަދު އިބްރާހިމް

  • ސެކްރެޓަރީ - މަރިޔަމް މާއިޝާ

އާންމު އަދި އެގްޒެކެޓިވް ބޯޑު މެމްބަރުން:

  • އިސްމާއިލް ހަމީދު

  • އަހްމަދު އަފްރާހު

  • އިބްރާހިމް ޝާހިދު

  • އަހްމަދު ޒުބައިރު އާދަމް

  • އަބްދުﷲ ނަޝީދު

  • ހުސައިން އަމާން

  • އިސްމާއިލް ޝަރީފް

  • ހަސަން ހަލީމް

ބުނީ ކީކޭ؟ - އެ ޖަލްސާގައި ވާހަކަދައްކަވަމުން އެންބީއޭއެމްގެ ކުރީގެ ރައީސް ވިދާޅުވީ އެ ޖަމިއްޔާ ކުރިއަށްގެންދިއުމުގައި ދަތިތަކާއި ގޮންޖެހުންތައް ދިމާވި ވަގުތުތަކުގައި މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ ޖަމިއްޔާއިން ހާސިލުކުރަން ޖެހޭ ލަނޑުދަނޑިތައް މަތިކޮށް، މެމްބަރުންގެ ބައިވެރިވުން އިތުރުކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް