ރައްޔިތުންގެ މަޖިލީހުގެ ތަޅުން

މަޖިލީހުން 6.5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓު މިއަދު މަޖިލީހުން ފާސްކުރީ 57 މެމްބަރުންގެ ވޯޓާ އެކު
20 ނޮވެމްބަރު 2023

ހާއްސަ ބަޖެޓުގެ ތެރެއިން ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް ދޭން ބަޖެޓު ކޮމިޓީން ކަނޑައެޅި 6.5 މިލިއަން ރުފިޔާ ހިމަނައިގެން، ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ކަނޑައެޅުމަށް ހުށަހެޅި އިސްލާހަކާ އެކު، ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމީ މިދިޔަ ބުރާސްފަަތި ދުވަހު އެވެ.

އެނގުން މުހިންމު - މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، މި އަހަރު ނިމޭއިރު ޖުމްލަ ބަޖެޓު ހުންނާނެ ކަމަށް ލަފާކުރަނީ 49.3 ބިލިއަން ރުފިޔާގަ އެވެ.

ތަފްސީލް - ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީން ފާސްކުރި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި:

  • ފާސްކުރީ 57 މެމްބަރުންގެ ވޯޓާ އެކު

  • 10 މެމްބަރުން އެ ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި

ފާހަގަކޮށްލެވޭ ކަމެއް - ދައުލަތުގެ ބަޖެޓުން މީޑީއާތަކަށް ފައިސާ ހަމަޖެއްސުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އެކަން ހިމަނާފައި ނުވި ނަމަވެސް، ކޮމެޓީ މަރުހަލާގައި އެކަން ހިމަނައިދިނުމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް އޮތް އަދި މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ ފަރާތުން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ސަޕްލިމަންޓްރީ ބަޖެޓް ކުރުކޮށް: 

  • ސަބްސިޑީތަކަށް އިތުރުކުރާ - 1.8 ބިލިއަން ރުފިޔާ

  • އާސަންދައަށް އިތުރުކުރާ - 1.2 ބިލިއަން ރުފިޔާ

  • ޕީއެސްއައިޕީ (މަޝްރޫއުތަކަށް) - 1.7 ބިލިއަން ރުފިޔާ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް