ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް އީފާސްގެ މޮބައިލް އެޕްލިކޭޝަން: މިއީ ގިނަ ބަޔަކު ހޯދާ ހިދުމަތެއް

އެމްއެމްއޭ

އިފާސް މެދުވެރިކޮށް ކްރެޑިޓް ރިޕޯޓަށް ހުށަހެޅޭ ގޮތް ހަމަޖައްސައިފި

މި ބަދަލާ އެކު ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން މާދަމާއިން ފެށިގެން ހުއްޓާލާނެ
9 ނޮވެމްބަރު 2023

މަރުކަޒީ ބޭންކު، އެމްއެމްއޭއިން އާންމު ފަރުދުންނާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓަށް އީފާސް މެދުވެރިކޮށް ހުށަހެޅޭ ގޮތް މިއަދު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރެޑިޓް ރިޕޯޓަށް އެދި ހުށަހެޅޭ ގޮތަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ.

ތަފްސީލު - ކްރެޑިޓް ރިޕޯޓަށް އެދި ހުށަހެޅޭނީ، އެމްއެމްއޭއިން ބުނި ގޮތުގައި، ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން، އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމާ އެކު ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން މާދަމާއިން ފެށިގެން ހުއްޓާލާނެ އެވެ. އަދި މަސައްކަތު ތިން ދުވަހުގެ ތެރޭގައި ކްރެޑިޓް ރިޕޯޓު ދޫކުރާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް