
އެލެސްތްރޭނޯއިން ވިއްކާ އުފެއްދުންތައް. (ދައުރު ފޮޓޯ/ހުސެން ސުނޭން)
އެލެސްތްރޭނޯއިން އޮރިޖިނަލް ސެންޓު ފުޅިއެއް ގަނެގެން ކާރެއް ލިބިދާނެ
ދުނިޔޭގެ އެންމެ މަޝްހޫރު ސެންޓު ބްރޭންޑުތައް ރާއްޖޭގައި ވިއްކާ 'އެލެސްތްރޭނޯ'އިން ވިޔަފާރި ކޮށްގެން ކާރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
'ޝޮޕް އެންޑް ޑްރައިވް އަ ކާ'
އެލެސްތްރޭނޯގެ 'ޝޮޕް އެންޑް ޑްރައިވް އަ ކާ' ޕްރޮމޯޝަން ކުރިއަށްދާނީ މާޗު 2024ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާ ގޮތަކީ:
-
ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 3،000ރ. އިން މަތިން ވިޔަފާރި ކޮށްގެން
-
ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭނެ
-
ނަސީބުވެރި ފަރާތަށް 'ނިސާން ޑޭޒް' ކާރެއް ލިބޭނެ



އެލެސްތްރޭނޯ
އެލެސްތްރޭނޯ އަކީ ސެންޓު ވިޔަފާރީގައި އެތައް އަހަރެއްގެ ތަޖުރިބާ އޮތް ޓީމަކުން ހިންގާ ސެންޓު ފިހާރައެކެވެ.
ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އޮރިޖިނަލް އަދި އެންމެ ފަހުގެ ސެންޓު އެލެސްތްރޭނޯއިން ގަންނަން ލިބެ އެވެ.
އެލެސްތްރޭނޯއިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އަމާޒުކޮށް ދޭތެރެ ދޭތެރެއިން ގިވްއަވޭ އާއި ޑިސްކައުންޓް ޕްރޮމޯޝަންތައް ވެސް ކުރިއަށްގެންދެ އެވެ. އެގޮތުން، މިހާރު ކުރިއަށްގެންދާ ޑިސްކައުންޓް ޕްރޮމޯޝަންގައި:
-
1،000ރ. ހަރަދުކުރުމުން %10 ޑިސްކައުންޓް
-
2،000ރ. ހަރަދުކުރުމުން %15 ޑިސްކައުންޓް
-
3،000ރ. ހަރަދުކުރުމުން %20 ޑިސްކައުންޓް
އެލެސްތްރޭނޯގެ ފިހާރަ ހުންނާނީ މަޖީދީމަގު، އޭޑީޖީ ޓެކްސްޓައިލްސް ސެންޓަރު ކުރިމަތީގަ އެވެ. ފިހާރަ ހުޅުވާފައި ހުންނާނީ:
-
ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ހެނދުނު 9 އިން މެންދުރު 12އަށް، މެންދުރު ފަހު 1 އިން ހަވީރު 6އަށް އަދި ރޭގަނޑު 8 އިން 10:30އަށް
-
ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު 2 އިން ހަވީރު 6އަށް އަދި ރޭގަނޑު 8 އިން 10:30އަށް
އެލެސްތްރޭނޯގެ ނަންބަރު 7424242އަށް ގުޅައިގެން އޮންލައިންކޮށް އޯޑާ ކުރެވޭނެ އެވެ. އަދި މާލެ އާއި ހުޅުމާލެއަށް އިތުރު އަގަކާ ނުލައި، ޑެލިވާ ކޮށްދޭނެ އެވެ.
އެލެސްތްރޭނޯއިން ވިއްކާ ސެންޓު ފުޅިތަކާއި އެކި ޕްރޮމޯޝަންތަކުގެ މައުލޫމާތު އެ ތަނުގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުން ވެސް ބަލައިލެވޭނެ އެވެ.