އަލް ޝާލީ މެރިން މޯލްޑިވްސްގެ 'އޭއެސް45' ޔޮޓު. (ފޮޓޯ/އޭއެސް މެރިން މޯލްޑިވްސް)
ބޯޓިން އެވޯޑްސްގެ 7 ކެޓަގަރީއަކުން އަލް ޝާލީ ނޮމިނޭޓުވެއްޖެ
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑްސް 2023ގެ ހަތް ކެޓަގަރީއަކުން އަލް ޝާލީ މެރިން މޯލްޑިވްސް ނޮމިނޭޓު ވެއްޖެ އެވެ.
ތަފްސީލު - މީގެ ކުރީ އަހަރުތަކުގެ ބޯޓިން އެވޯޑްސްގައި ވެސް އަލް ޝާލީއިން ވަނީ ގިނަ އެވޯޑުތަކެއް ހާސިލުކޮށްފަ އެވެ.
މި އަހަރުގެ ބޯޓިން އެވޯޑްސް 2 ޑިސެމްބަރުގައި ބާއްވާއިރު، އަލް ޝާލީ މެރިން މޯލްޑިވްސްގެ ބޯޓްޔާޑް ހިމެނޭ ގޮތަށް ތަފާތު ހަތް ކެޓަގަރީއަކުން ވަނީ އެވޯޑުތަކަށް ނޮމިނޭޓުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ބެސްޓް ލިވަބޯޑް/ޔޮޓް ބިލްޑިން ކޮމްޕެނީ
-
އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައި ރާއްޖޭގައި ބަނދެފައިވާ އޭއެސް 45 ޔޮޓު
ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސެލް (5-10 މީޓަރު):
-
ކޭނަރީ 28
ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސެލް (10-15 މީޓަރު):
-
ކޯސްޓް ކްރާފްޓް 38 ޕްލަސް
-
އޭއެސް 45
-
އަލް ޝާލީ މެޓްރޯ 47
ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސެލް (15-45 މީޓަރު):
-
އައިލެންޑް ހޮޕާ 50
-
އަލް ޝާލީ މެޓްރޯ 55
-
އަލް ޝާލީ އެކްސްޕްރެސް 55
ބެސްޓް ބޯޓް ޑިޒައިނިން އޮފް ދި އިޔާ (ޑިޒައިނާ/ކޮމްޕެނީ):
-
އަލް ޝާލީ މެޓްރޯ 55
-
އޭއެސް 45
-
އަލް ޝާލީ އެކްސްޕްރެސް 55
މޯސްޓް ޕްރިފާޑް މެރިން ޖެނެރޭޓާ:
-
ޖިންގް ފޭންގް ޕަވާ
ބެސްޓް ބޯޓް ޔާޑް/ ސްލިޕްވޭ އޮފް ދި އިޔާ
އެނގުން މުހިންމު - ބޯޓިން އެވޯޑްސްގެ މިއަހަރުގެ އެޑިޝަންގައި މިހާރު ކުރިއަށްދަނީ ޖަޖު ކުރުމާއި އޮންލައިން ވޯޓިންގެ މަރުހަލާގަ އެވެ. 20 ނޮވެމްބަރާ ހަމައަށް އެންބީއޭއެމްގެ ވެބްސައިޓު މެދުވެރިކޮށް ވޯޓު ލެވޭނެ އެވެ.
އަލް-ޝާލީ މެރިން މޯލްޑިވްސް
ޔޫއޭއީގެ އަލް ޝާލީ މެރިން އާއި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމަންޓްސް ގުޅިގެން 2006 ވަނަ އަހަރު އުފެއްދި އަލް ޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދުފަހަރު ބަނުމުގެ ހިދުމަތް ދޭ އެއް ކުންފުންޏެވެ.
އާންމުކޮށް ރާއްޖޭގައި ބޭނުންކުރަމުން އައީ ބޭރުން ގެންނަ ޔޮޓުތައް ކަމުގައި ވިޔަސް ދިވެހި ކުންފުނިތަކުން ވެސް ރާއްޖޭގައި ޔޮޓުފަހަރު ބަންނަން ފެށުމާ އެކު، ރާއްޖޭގައި ބަންނަ ސައިޒުގެ ޔޮޓުތައް ބޭރުން ގެނައުން މަދުވުމަކީ އަލް ޝާލީ މެރިންގެ އުންމީދެކެވެ.
އަލް ޝާލީ މެރިން މޯލްޑިވްސްއިން މިހާރު ބަންނަމުންދާ މޮޑެލްތަކަކީ:
-
28 ފޫޓުގެ ވޯޓަސްޕޯޓްސް ލޯންޗު
-
39، 45، 47 އަދި 55 ފޫޓުގެ ސްޕީޑް ލޯންޗު
-
55 ފޫޓުގެ ކަޓަމަރާން
-
50 ފޫޓުގެ ޑައިވިން އެންޑް އެކްސްކާޝަން ދޯނި
-
45 ފޫޓުގެ ޔޮޓު
އަލް ޝާލީ މެރިން މޯލްޑިވްސްއިން ބަންނަ ހުރިހާ އުޅަނދަކީ ވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހުންނަ އުޅަނދުތަކެކެވެ.
ކ. ތިލަފުށީގައި ހުންނަ އަލް ޝާލީ މެރިންގެ ބޯޓްޔާޑުން އޮޑިދޯނިފަހަރު ބަނުމުގެ އިތުރުން ހުރިހާ ވައްތަރެއްގެ ފައިބަރު އުޅަނދުފަހަރު މަރާމާތުކޮށްދެ އެވެ.
އަލް ޝާލީ މެރިންގެ ބޯޓުޔާޑުން ދޭ ހިދުމަތްތައް
-
އެހެލާ ބޭލުން
-
އުޅަނދު މަރާމާތުކުރުން
-
ދަވާާދުލުން، ޖެލް ޖަހާ ދިނުން އަދި ޕޮލިޝް ކުރުން
-
އެލްމިނިއަމް އަދި އެސްއެސްގެ ހުރިހާ ވެލްޑިން މަސައްކަތްތައް
-
އިންޖީނު އެޅުމާއި މަރާމާތު ކުރުން
-
ދޮވެ ސާފު ކުރުން، ފެހި ކަހާދިނުން އަދި އެންޓިފައުލިން ލައިދިނުން
-
ސަތަރި ފަހައިދިނުމާއި މަރާމާތު ކުރުން
-
ބޯޓް ފިޓިންސްގެ ހުރިހާ މަސައްކަތްތައް
އަލް ޝާލީ މެރިންއިން ކޮށްދޭ ހުރިހާ މަސައްކަތްތަކަކަށް ވެސް 6 - 12 މަސްދުވަހުގެ ޑިފެކްޓްސް ވޮރެންޓީއެއް ލިބޭނެ އެވެ.
ބޭންކުތަކާއި އެކި މާލީ އިދާރާތައް މެދުވެރިކޮށޤ އުޅަނދުފަހަރު ގަންނަން ބޭނުންވާ ފަރާތްތަކަށް އަލް ޝާލީ މެރިންއިން ފެލްކްސިބަލް ޕްލޭންތަކެއް ލިބެން ހުންނާނެ އެވެ.
އަލް-ޝާލީގެ ހިދުމަތްތައް ހޯދުމަށް:
-
އީ-މެއިލް: info@asmarinemaldives.com
-
ނަމްބަރު: 6646066
އަލް ޝާލީ މެރިން މޯލްޑިވްސް އިން މިހާރު ވެސް އަންނަނީ ރާއްޖޭގެ ރިސޯޓު، ގެސްޓުހައުސް، ސަރުކާރު ކުންފުނިތަކާއި އިދާރާތައް އަދި އާންމުންނަށް އުޅަނދުފަހަރުތައް ފަރުމާކޮށް ބަނުމުގެ އިތުރުން މުޅި ރާއްޖެ ގުޅުވާލަދޭ ފެރީގެ ނިޒާމު 'ރާއްޖެ ޓްރާންސްޕޯޓު ލިންކް'ގެ ފޭސް ދޭއް އަދި ތިނަކަށް ބޭނުންވާ ހުރިހާ ލޯންޗުތައް ބަންނަމުންނެވެ.
މޯލްޑިވްސް ބޯޓިން އެވޯޑްސް
ބޯޓިން އެވޯޑްސްއަކީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން އިންތިޒާމުކޮށްގެން އަހަރު އެއް ފަހަރު ބާއްވަމުން އަންނަ އިވެންޓެކެވެ. ބޯޓިން ދާއިރާއިން ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ މި އެވޯޑު އެންމެ ފުރަތަމަ ދިނީ 2014ގަ އެވެ.