ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑްގެ ފުރަތަމަ ބޯޓު ރާއްޖެއަށް ގެނައުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ބިއޯންޑްގެ ލަގްޒަރީ ދަތުރެއް ކޮށްލަން ދިވެހިންނަށް ހާއްސަ އަގުތަކެއް
ސިމްޑި އާއި ދުބާއީގެ އެރޭބިސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން 'ބިއޯންޑް'އިން ދިވެހިންނަށް ބޮޑު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނަލް ފެއާއެއް ހުޅުވާލައިފި އެވެ.
ތަފްސީލު - މި މަހު ބިއޯންޑްގެ ދަތުރުތައް ފަށަން ރާވާފައިވާއިރު، އަލަށް ތައާރަފްކުރި ފެއާގެ ތެރެއިން ދިވެހިންނަށް ޓިކެޓު ވިއްކާނީ %40ގެ ޑިސްކައުންޓަކާ އެކުގަ އެވެ.
-
ބިއޯންޑްން ދަތުރުކުރާ ހުރިހާ މަންޒިލެއް (ރިޔާދު، ޒްޔޫރިކް އަދި މިއުނިކް)ގެ ޓިކެޓުތަކުން ދިވެހިންނަށް ޑިސްކައުންޓް ލިބޭނެ
-
ބުކިން ޕީރިއަޑް - މިއަދުން ފެށިގެން 15 ނޮވެމްބަރުގެ ނިޔަލަށް
-
ޓްރެވަލް ޕީރިއަޑް - 15 ނޮވެމްބަރުން ފެށިގެން 31 އޮކްޓޫބަރު 2024ގެ ނިޔަލަށް
ބިއޯންޑުގެ ވެބްސައިޓު މެދުވެރިކޮށް މި ހާއްސަ އަގުތަކުގައި ޓިކެޓުތައް ބުކް ކޮށްލެވޭނެ އެވެ.
ހަފްތާއަކު ދެ ދަތުރުކުރަން ރާވާފައިވާ ފްލައި ބިއޯންޑްގެ ޓިކެޓު ބުކް ކުރުމުގައި ތިން އޮޕްޝަންއެއް ބިއޯންޑުން ވަނީ ހުޅުވާލާފަ އެވެ. އެއީ؛
-
ޑެލައިޓް
-
ބްލިސް
-
އޮޕިއުލެންސް
ބިއޯންޑް އެއާލައިނުން ބުނާ ގޮތުގައި މިއީ އެ އެއާލައިންގެ ގޯމޭ ކުޒީން، ލޭ ފްލެޓް ސީޓުތައް އަދި އެހެނިހެން ޕްރިމިއަމް ޓްރެވަލް ހިދުމަތްތައް ތަޖުރިބާކޮށްލަން ދިވެހިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ބިއޯންޑް
ދަތުރުތަކުގައި ބޭނުންކުރާނީ އޭ-320 ފެމިލީގެ ބޯޓުތައް
ފުރަތަމަ އެއާކްރާފްޓްގައި ހިމެނޭނީ 44 ސީޓު (ޕްރިމިއަމް ކޮންފިގަރޭޝަންގައި)
ޖާގައިގެ ގޮތުން ތަނަވަސް ވާނެ، ހުންނާނީ ޕްރިމިއަމް ކޮމްފަޓް ސީޓުތައް
ކުރިއަށް އޮތް ފަސް އަހަރު ފްލީޓު ބޮޑުކޮށް، ދަތުރުކުރާ މަންޒިލްތައް ގިނަކުރާނެ