އުރީދޫ ނޭޝަން - ގޭމާސް ލޭންޑްގެ ޕާޓްނަރަކަށް އީ2އެސް ހަމަޖެއްސުން. (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ޕާޓްނަރަކަށް އީ2އެސް

މި މަހު 19ގައި ފަށާ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލްގައި އެކި ބާވަތްތަކުގެ ގޭމުތައް ތަޖުރިބާ ކޮށްލައި، އެކި މުބާރާތްތަކުގައި ބައިވެރިވެ އަދި ގޭމު ނޫން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ
4 އޮކްޓޯބަރު 2023

އުރީދޫ ނޭޝަންއިން މި މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް 'އުރީދޫ ނޭޝަން ގޭމާސް ލޭންޑް'ގެ ޕާޓްނަރަކަށް 'އީ2އެސް ގޭމިން' ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - އުރީދޫ ނޭޝަން ގޭމާސް ލޭންޑް ކުރިއަށްދާނީ މި މަހު 19، 20 އަދި 21 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާޒްގަ އެވެ.

އުރީދޫ ނޭޝަން - ގޭމާސް ލޭންޑް

  • ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ މީހުންނަށް ވެސް އެކަށީގެންވާ ހަރަކާތްތައް ކުރިއަށްދާނެ

  • އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗުތައް އޮންނާނެ

  • ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން މުބާރާތެއް އޮންނާނެ

  • ޖުމްލަ 185،000ރ.ގެ ފައިސާގެ އިނާމު

  • ތަފާތު އެކި ގޭމު ކުޅުމުގެ ތަޖުރިބާގެ އިތުރަށް ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް ވެސް ކުރިއަށްދާނެ

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ (ޕްރައިޒް ޕޫލް 100،000ރ.)

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ 'އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް'ގެ ފައިނަލް މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގަ އެވެ.

މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމު، ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް އަށް ވާދަކުރާނެ އެވެ.

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.

ރަޖިސްޓްރީ ކުރުމުގެ ތަފްސީލް އުރީދޫ ނޭޝަން ވެބްސައިޓާއި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ އެވެ. އެ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • އީއޭއެފްސީ (ފީފާ) - 40،000ރ.ގެ ޕްރައިޒް ޕޫލްއެއް

  • ރޭސިން ސިމް ޗެލެންޖު - 25،000ރ.ގެ ޕްރައިޒް ޕޫލްއެއް

  • ޓެކަން މުބާރާތް - 10،000ރ.ގެ ޕްރައިޒް ޕޫލްއެއް

  • ކޮސްޕްލޭ މުބާރާތް - 10،000ރ.ގެ ޕްރައިޒް ޕޫލްއެއް

ގޭމާސް ލޭންޑަކީ، އުރީދޫއިން ބުނި ގޮތުގައި، ހަމައެކަނި މުބާރާތްތަކަށް ވުރެ ބޮޑު ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ޖަސްޓް ޑާންސްއަށް ރައްޓެހިންނާއެކު ނަށާލުމާއި، ތުރޯ ދަ ހޫޕް ފަދަ ފަދަ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވޭނެ އެވެ. ކިޑްސް އެރީނާގައި ޒުވާން ގޭމް ކުޅޭ ކުދިންނަށް މަޖާ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި މި ފެސްޓިވަލްގެ ހަނދާނީ ފޮޓޯތައް ނަގާލުމަށް ފޮޓޯ ބޫތުތައް ވެސް ބަހައްޓާނެ އެވެ.

އުރީދޫ ނޭޝަންގެ ގޭމިން ފެސްޓިވަލްގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ގޭމާސް އާއި ގޭމު ކުޅެން ޝައުގުވެރިކަން ހުންނަ މީހުންނަށް އުރީދޫއިން ދެ އެވެ. މި ފެސްޓިވަލްއާ ބެހޭ އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ހިއްސާކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް