Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 8:27 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

'އާބަން އައިލް' ޕްރޮޖެކްޓް ތަރައްގީ ކުރަން ހުޅުމާލޭން ކަނޑައަޅާފައިވާ ސަރަހައްދު - އިލަސްޓްރޭޝަން/ އެޗްޑީސީ

އާބަންކޯ

ހުޅުމާލޭ 'އާބަން އައިލް'ގައި 3 ހޮޓެލް ހިންގާނެ ބަޔަކު ހޯދަނީ

ބުޓީކް ހޮޓެލް އަޅަން ދޫކުރަން ނިންމާފައިވަނީ 4،2 - 5،413 އަކަފޫޓާ ދެމެދުގެ ތިން ބިން. މި ބިންތައް ކުއްޔަށް ދެނީ 50 އަހަރުގެ މުއްދަތަކަށް
18 ސެޕްޓެމްބަރު 2023

'އާބަން އައިލް'ގެ ނަމުގައި ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށްގެންދާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތިން ބުޓީކް ހޮޓެލް އަޅައި، ހިންގާނެ ބަޔަކު ހޯދަން އާބަންކޯއިން އިއުލާންކޮށްފި އެވެ.

އާބަން އައިލް މަޝްރޫއު

  •  އެކި ފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަކޮށްފައިވާ ޕްރޮޖެކްޓެއް

  • ޕްރޮޖެކްޓް ހިންގުމަށް ބިން ހާއްސަކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުކޮޅުގައި، ފުލްމޫން ރިސޯޓާ ވީކޮޅުގައި

  • 103،421 އަކަމީޓަރުގެ ސަރަހައްދެއް އެކަމަށް ކަނޑައަޅާފައިވޭ

ތަފްސީލު - އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން ބުޓީކް ހޮޓެލް އަޅަން ދޫކުރަން ނިންމާފައިވަނީ 4،246 - 5،413 އަކަފޫޓާ ދެމެދުގެ ތިން ބިމެވެ. އެ ބިންތައް ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ބުޓީކް ހޮޓެލް އަޅަން ދޫކުރާ ބިންތަކަކީ:

  • 1-

    ލޮޓް ނަންބަރު 21742 ( 4،246 އަކަފޫޓު)

  • 2-

    ލޮޓް ނަންބަރު 21747 (4،926 އަކަފޫޓު)

  • 3-

    ލޮޓް ނަންބަރު 21748 (5،413 އަކަފޫޓު)

ބީލަމުގެ ތަފްސީލު:

  • ބިން ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމަން ޖެހޭނެ

  • ކުއްޔަށް ދޭ މުއްދަތުގެ ތެރެއިން ފުރަތަމަ ފަސް އަހަރުގެ ކުއްޔަކީ އެންމެ ދަށް ވެގެން އަކަފޫޓަކަށް 1.5 ޑޮލަރު

  • އެ މުއްދަތުގެ ފަހުން މާކެޓް އިންފްލޭޝަނަށް ބެލުމަށްފަހު ކުލި މުރާޖައާ ކުރާނެ؛ ކޮންމެ އަހަރެއްގެ ކުލި، އޭގެ ކުރީީ އަހަރާ އެއްވަރު ނުވަތަ އެއަށް ވުރެ މަތިވާނެ

  • އެކުއިޒިޝަން ފީ އަކީ ދަށްވެގެން އަކަފޫޓަކަށް 22.15 ޑޮލަރު

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން sales@urbanco.mv އަށް 1 އޮކްޓޫބަރުގެ ކުރިން އީއޯއައި ފޮނުވަން ޖެހޭނެ އެވެ. އީއޯއައި ފޯމް، މި މަޝްރޫއުގެ އިންފޮމޭޝަން ޝީޓާއި ޓާމް ޝީޓު އާބަންކޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

އިތުރަށް ކިޔާލަން:

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް