އެންޒީގެ ފިހާރާއެއް. (ފޮޓޯ/އެންސިސް)

އެންޒީ

އެންޒީއަށް 10 އަހަރު ފާހަގަކުރަން ލޯޔަލްޓީ ޕްރޮގްރާމެއް

މި ޕްރޮގްރާމުގައި ބައިވެރިވުމުން ކަސްޓަމަރުން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕޮއިންޓް ލިބޭނެ؛ އެ ޕޮއިންޓުތައް އެއްކޮށްގެން، ޑިސްކައުންޓް ނުވަތަ ހަދިޔާ ފަދަ ތަކެއްޗަށް ބަދަލު ކުރެވޭނެ
18 ސެޕްޓެމްބަރު 2023

އެންސިސް ފިޝަރީޒްގެ އަމިއްލަ ބްރޭންޑު 'އެންޒީ'އަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އެކި ކަހަލަ ފައިދާތައް ލިބިދޭ ލޯޔަލްޓީ ޕްރޮގްރާމެއް މިއަދު ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ އެންޒީގެ ކަސްޓަމަރުންނާ އޮންނަ ގުޅުމާއި އެންޒީއާ މެދު އޮންނަ ހިތްހަމަޖެހުން އިތުރުކުރުމަށްޓަކައި އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ޕްރޮގްރާމެކެވެ.

ތަފްސީލު - އެންޒީގެ ކަސްޓަމާ ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވުމުން:

  • އެންޒީގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ލޯޔަލްޓީ ޕޮއިންޓްސް ލިބޭނެ

  • ލޯޔަލްޓީ ޕޮއިންޓުތައް ޑިސްކައުންޓާއި ހަދިޔާ ފަދަ ތަކެއްޗަށް ބަދަލުކުރެވޭނެ

އެނގުން މުހިންމު - އެންޒީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނައިރު، މިވީ 10 އަހަރުގެ ތެރޭގައި އެންޒީން ވަނީ މާލެ ސަރަހައްދުގައި ތިން ފިހާރަ ހުޅުވާފަ އެވެ. އެއީ މާލޭގައި ހުންނަ ދެ ފިހާރައަކާއި ހުޅުމާލޭގައި ހުންނަ ފިހާރައެކެވެ.

އެންޒީގެ އަމާޒަކީ ކަސްޓަމަރުންނަށް ކަމުދާ، ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ވީހާ ވެސް ގިނައިން އުފައްދައި ބާޒާރަށް ނެރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް