ގދ. ތިނަދޫގެ މަސްވެރިން ދޮށީގެ މަސްވެރިކަން ކުރުމަށް އެ އަތޮޅު ހުޅަނގު ފަރާތުގައި ވާ ކަނދުފަތި ކައިރީގައި.(ފޮޓޯ/ އަލީ ރަފީގު)

މަސްވެރިކަން

މަސް ގަންނަ އަގު ބޮޑުކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް: އެންޒީ

ގެއްލުންވާ އަދަދަށް ސަރުކާރުން ސަބްސިޑީ ނުދޭ ނަމަ ކާރުހާނާ ހުއްޓާލަން ޖެހިދާނޭ ކަމަށް އެ ކުންފުނިން ބުނޭ
16 ސެޕްޓެމްބަރު 2023
4

މަސް ގަންނަ އަގު 25ރ.އަށް ސަރުކާރުން ބޮޑުކުރުމުން ވަރަށް ބޮޑަށް ގެއްލުމާ ކުރިމަތިވާނޭ ކަމަށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނި، އެންޒީއިން މިއަދު ބުނެފި އެވެ. 

ވީ ކިހިނެއް؟ - ރާއްޖެއިން ވިލާތުގެ ގައުމުތަކަށް ބޭރު ކުރާ މަހަށް ޑިއުޓީ ކަނޑާލާނޭކަމުގެ ޔަގީންކަން ލިބިފައި ވާތީ، ސަރުކާރުން ވަނީ މިއަދުން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އެންމެ ދަށް އަގަކީ 25ރ. ކަމުގައި ހަމަޖައްސައި އިއްޔެ އެކަން އިއުލާން ކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ނިންމުމާ ގުޅިގެން 'ދައުރު'އާ ވާހަކަ ދައްކަވަމުން އެންޒީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވީ 20ރ.އަށް މަސް ކިލޯއެއް ގަނެގެން ވިޔަފާރި ކުރާ ނަމަ، އެކަން ކުރަން ޖެހޭނީ ކިލޯއަކުން 8ރ. ވަރުގެ ގެއްލުމުގައި ކަމަށެވެ. އަދި ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ ޔޫރަޕުން ޑިއުޓީ ކަނޑާލާނޭ ކަމަށް ބުނެ ނަމަވެސް، އެކަން އަދި ވާނޭ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޒީގެ ފިހާރާއެއް: އެންޒީން ވަނީ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. (ފޮޓޯ/އެންސިސް)

"މިއަދު ވެސް އަޅުގަނޑުމެން މަސް ގަންނަން ޖެހޭ ދުވަހެއް މިއީ. ޑިއުޓީ ކަނޑާލާނެ ދުވަހެއް އަޅުގަނޑުމެންނަށް އަދިއެއް އެނގިފައެއް ނެތް. އެހެން ނަމަވެސް، މިއަދު ވެސް ގެއްލުމުގައި މަސް ގަނެގެން ވިޔަފާރިއެއް ނުކުރެވޭނެ. ކުރީގެ އަގުގައި އޯޑަރުތަކާ އެއްޗެހި ނަގާފައި ހުރީ. އެހެންވީމާ، ގެއްލުންވާ ބައި ސަރުކާރުން ނުދޭ ނަމަ، އަޅުގަނޑުމެން ޖެހޭނީ ފެކްޓަރީ ބަންދުކުރަން،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯއަށް 17ރ.އަށް މަސް ކިލޯއެއް ގަންނަމުން ދިޔައީ ވެސް އެކި ގޮތް ގޮތުން ސަރުކާރުން ސަބްސިޑީ ދީގެން ކަމަށެވެ. އަދި މަސް ގަންނަ އަގު އިތުރަށް ބޮޑުކުރުމުން ގެއްލުން އިތުރަށް ބޮޑުވާނެ ކަމަށް ވާހިދު ވިދާޅުވި އެވެ.

މަސްވެރިކަން ކުރިއަރުވަައި މަހަށް ރަނގަޅު އަގެއް ހޯދައިދޭން ބޭނުން ނަމަ، ސަރުކާރުތަކުން ޖެހޭނީ މުޅި ސިނާއަތަށް ފައިދާވާނޭ ގޮތަށް ވަސީލަތްތަކާއި އުމްރާނީ ތަރައްގީ ގެންނަންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި އަހަރު ވެސް ބަޖެޓްގައި ވެސް އެބަ އޮތް ސަބްސިޑީ މިފްކޯއަށް ހިމަނާފައި. އަޅުގަނޑުމެން ވަކާލާތު ކުރީ މިފްކޯގައި ހުރެގެން އެ ފައިސާ ދާނީ އެކި ހަރަދުތަކަށޭ، އެހެން ވީމާ އެ އަދަދު ސީދާ މަސްވެރިންނަށް ޕާސްވާނޭ ގޮތެއް ހަދަން ޖެހޭ،" ވާހިދު ވިދާޅުވި އެވެ. 

ކޮމެންޓް (4)

ބިތުފަންގި

16 ސެޕްޓެމްބަރު 2023
ޢެންސިސް މިހާރުވެސް އޮތީ ބެންކްރަޕްސީގެ ޙާލަތުގަ ކަމަށް މަޢުލޫމާތު ލިބޭ. ތަން ހިންގަން ތިބި މީހުންނަށް މެނޭޖް ކުރަން ނޭގޭތީ، ތަނުގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ބޮސުންލާފަ ކަމަށް ވަނީ. ތަނުގަ ވަޒީފާގަ ތިބީ ގިނައިން ބިދޭސީ މުވައްޒަފުން އަދި އެމީހުނަށް ބަރާބަރަށް މުސާރަވެސް ނުދޭ ކަމަށްވަނީ. ދެން މިހާރު ބަހަނާ އެއް ދައްކައިގެން އަނެއްކާވެސް ސަރުކާރުން ލާރި ގަނޑެއް ދަމައިގަންނަން އެވިސްނަނީ. އެންސިސްއައުޓް#
1 1

ބައިބަލާ

17 ސެޕްޓެމްބަރު 2023
@ބިތުފަންގި ކަލޭ މަހަށްދާންވީނު
0 1

ކާޖާ

16 ސެޕްޓެމްބަރު 2023
ކުއްލި ކުއްިލި ސިޔާސަތު، ވޯޓު ސިޔާސަތު، އެންޒީއަށް ގެއްލުން ކޮށްފަވެސް އެފިރިހެނާ އެހުރީ ވޯޓު ހޯދާން. މަސްވެރންނަށްވެސް އެގޭނެ މިއީ ވަގުތީ ކަމެއްކަން . ވޯޓުނެގީ އެހުއްޓުނީ. ސަރުކާރަށާއި މީހުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ދީގެވެސް މީނަ ބޭނުންވަނީ ޥޯޓޫ.
2 0

ހުއިރެވިއްޖެނޫން

16 ސެޕްޓެމްބަރު 2023
ތިޔަކޮމްޕެނީ ބޮޱުން ސަރުކާރު ފަހަތުން ދުވުމުގެ ނަތީޖާ މިއަދު ތިޔަލިބުނީ ދެން ހަމްދުކޮށްގެން ތިބޭ ނޫނީ އިތުރައް މަސައްކަށް ކޮއްގެމް މިކަމުން ސަލާމަށް ވަމާތޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް