Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:20 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

އެޓްމޮސްފިއާ ހޮޓެލްސްއިން ކ. އަތޮޅުގައި ހިންގާ 'އޮބްލޫ ސިލެކްޓް ލޯބިގިލި' ރިސޯޓުގެ މޫދު ކޮޓަރިތައް. (ފޮޓޯ/އެޓްމޮސްފިއާ)

ޓޫރިޒަމް

ރިސޯޓުތަކުގެ ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދިނުން ރެގިއުލޭޓު ކުރަން ފަށައިފި

ވަކިވަކި ކޮޓަރިތަކާއި ވިލާތައް ދިގު މުއްދަތަށް ކުއްޔަށް ދިނުމަކީ މީގެ ކުރިން ވެސް ބައެއް ރިސޯޓުތަކުން ކުރަމުން އައި ކަމެއް ނަމަވެސް ގަވާއިދަކުން މި ވިޔަފާރި ރެގިއުލޭޓުކުރާ މިއީ ފުރަތަމަ ފަހަރު
5 ސެޕްޓެމްބަރު 2023

ރިސޯޓުތަކުގެ ވިލާ ނުވަތަ ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދެއް ތައާރަފް ކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާބެހޭ ގަވާއިދު' ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކޮށް މިއަދު އަމަލު ކުރަން ވަނީ ފަށައިފަ އެވެ.

ތަފްސީލު - އެ ގަވާއިދުގައި ބުނާ ގޮތުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ރިސޯޓެއްގެ ކޮޓަރިއެއް ނުވަތަ ވިލާއެއް ކުއްޔަށް ދިނުމުގެ ކުރިން އެ ތަނެއް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. ރަޖިސްޓްރީ ކުރުމުގެ ފީއެއްގެ ގޮތުގައި މީރާއަށް 5،000ރ. ދައްކަން ޖެހެ އެވެ.

ދިގު މުއްދަތަކަށް ކުއްޔަށް ދެވޭނީ، އެ ގަވާއިދުގައި ބުނާ ގޮތުން، ޓޫރިސްޓް ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓެއްގެ:

  • 1-

    ވަކި ވިލާތައް

  • 2-

    ވަކި ކޮޓަރިތައް

  • 3-

    އިމާރާތެއްގައި ހިމެނޭ ވަކިވަކި ކޮޓަރި

  • 4-

    އިމާރާތެއްގައި ހިމެނޭ ވަކި އެޕާޓްމަންޓް

  • 5-

    މޫދުގައި އަޅާފައިވާ އިމާރާތެއް

ކުއްޔަށް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ފަދަ ތަނެއް އިމާރާތްކުރުމުގެ ކުރިން ނުވަތަ އިމާރާތްކުރަމުންދާއިރު ވެސް، އެ ގަވާއިދުގައި ބުނާ ގޮތުން، އެއްބަސްވުމެއް އެކުލަވާލުމަށް ފަހު ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެ އެވެ.

އެ ގަވާއިދާ ހިލާފަށް ދިގު މުއްދަތަށް ރިސޯޓަކުން ކޮޓަރިއެއް ނުވަތަ ވިލާއެއް ކުއްޔަށް ދީފި ނަމަ ކަނޑައަޅާފައިވާ އަދަބުތަކަކީ:

  • ފުރަތަމަ ފަހަރު - 25،000ރ. އިން ޖޫރިމަނާ

  • ދެވަނަ ފަހަރު - 50،000ރ. އިން ޖޫރިމަނާ

  • ދެ ފަހަރަށް ވުރެ ގިނައިން - 100،000ރ. އިން ޖޫރިމަނާ

އެނގުން މުހިއްމު - މި ގަވާއިދު އެކުލަވައިލުމުގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުން އަންނަނީ ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދޫކުރަމުންނެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް