
ހުޅުމާލޭ ކޮންޓެއިނާ ޕާކުގެ ކޯ-ވޯކިން ސްޕޭސް. (ފޮޓޯ/އާބަންކޯ)
ކޮންޓެއިނާ ޕާކުގެ ކޯ-ވޯކިން ސްޕޭސް ހުޅުވައިފި؛ ފުރަތަމަ މަސް ހިލޭ
ހުޅުމާލޭގައި ތަރައްގީ ކުރި ކޮންޓެއިނާ ޕާކުގެ ކޯ-ވޯކިން ސްޕޭސް މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ކޮންޓެއިނާ ޕާކަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި އާބަންކޯ ގުޅިގެން ހުޅުވި ތަނެކެވެ. މިއީ ޒަމާނީ 'އާބަން' ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރަން އާބަންކޯ އިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ވެސް ހިމެނޭ ބައެކެވެ.

ތަފްސީލު - އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯ-ވޯކިން ސްޕޭސް މެދުވެރިކޮށް، ހުޅުމާލޭގައި އަލަށް ވިޔަފާރި ފަށާ މީހުންނާއި އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި ގްރޫޕުތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
އާބަންކޯ އިން ބުނި ގޮތުގައި:
-
ފުރަތަމަ މަހު ކޯ-ވޯކިން ސްޕޭސް ދޫކުރާނީ ހިލޭ
-
ޖާގަ ބުކް ކުރުމުގެ ފުރުސަތު އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ހުޅުވާލާނެ
-
ކޯ-ވޯކިން ސްޕޭސް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 - ހަވީރު 6 އަށް
އެނގުން މުހިއްމު - ކޮންޓެއިނާ ޕާކުގެ ކޯ-ވޯކިން ސްޕޭސް މިއަދު ހުޅުވާފައިވާއިރު، އާބަންކޯއިން ބުނީ ވަރަށް އަވަހަށް އެ ތަނުގައި ޓޭކްއަވޭ ކެފޭ އަކާއި ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމުގެ މަސައްކަތް ވެސް ނިމި، އެ ސަރަހައްދުގެ އޯޕަން އޭރިއާއާ އެކު ތަރައްގީކޮށް ނިމޭނެ ކަމަށެވެ.
ހުޅުމާލޭގައި ކޮންޓެއިނާ ޕާކެއް ތަރައްގީ ކުރުމުގެ މަގްސަދަކީ ކޮމިއުނިޓީ އެންގޭޖިން މާހައުލެއް ބިނާކޮށް، އާޓިސްޓުންނަށް ވެސް ފުރުސަތު ލިބޭ ފަދަ ހަބެއް ތައްޔާރު ކުރުން ކަމަށް އާބަންކޯ އިން ބުންޏެވެ.
ކޮމެންޓް (1)
އެހެންތޯ