ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕުން ހުކުރު ދުވަހު ފެމިލީ ކްލިނިކްގެ ހިދުމަތް ފަށައިފި
ޓްރީޓޮޕް ހޮސްޕިޓަލުން ފެމިލީ ކްލިނިކްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ތަފްސީލް - ޓްރީ ޓޮޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހިދުމަތް ކޮންމެ ހުކުރު ދުވަހަކު ލިބޭނެ ކަމަށެވެ. އެ ހޮސްޕިޓަލުގެ ފެމިލީ ހެލްތު ކްލިނިކުން ހިދުމަތް ހޯދާ ހުރިހާ ބަލި މީހުންނަށް އެކްސްޓެންޑް ކަވަރޭޖް މިއާ އެކު ލިބޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
-
ޓީޓީއެޗް ފެމިލީ ކްލިނިކް ހިންގާނީ ހުކުރު ދުވަހު މެންދުރު ފަހު 3 އިން ރޭގަނޑު 10 އަށް
ފެމިލީ ކްލިނިކް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ ބަލި މީހުންނަށް އާންމު ސިއްހީ ފަރުވާއަށް ފޯކަސްކޮށްގެން މެޑިކަލް ސްޕެޝަލިޓީއެއް ފޯރުކޮށްދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު އަދި ތަމްރީނު ލިބިފައިވާ ސްޕެޝަލިސްޓުންނާއެކު އެންމެ ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ.