
އެމްޔޫ ސްޓޯރުން ވިއްކާ ގޯލްޑަން ބެސްޓް ކޮފީ. (ފޮޓޯ/އެމްޔޫ ސްޓޯރު)
އެޑްވަޓޯރިއަލް - އެމްޔޫ ސްޓޯރުން ގޯލްޑަން ބެސްޓް ކޮފީ ވަރަށް ބޮޑަށް އަގުހެޔޮކޮށްފި
ބައެއް މީހުންނަށް ކޮފީއާ ނުލައި އުޅުމަކީ ދަތި ކަމެކެވެ. ކޮފީ ބޯ މީހުން އެހާ ގިނައިރު، ކޮފީގެ ވައްތަރުތައް ވެސް މަދެއް ނޫނެވެ. ކަޅު ކޮފީ އާއި ކިރު ކޮފީގެ އެކި ވައްތަރުތަކެވެ. އެންމެ 'ސްޓްރޯންގް' ކޮފީ ބޯން ނުކެރޭ މީހުންގެ ފޭވަރިޓް 'ތުރީ އިން ވަން' ކޮފީ އެވެ. ކޮފީ އާއި ކިރާއި ހަކުރު އެކުލެވޭ މި ކޮފީ ޕެކެޓުތައް ކަމުދާ އެއް ސަބަބަކީ ރަހަ މީރުވެފައި، ހަމަ އެކަނި ހޫނު ފެން އަޅާލައިގެން ގިރާލެވޭތީ އެވެ.
މި ބާވަތުގެ ކޮފީ ޕެކެޓުތަކުގެ އެކި ވައްތަރުތައް މާކެޓުގައި ލިބެން އެބަހުއްޓެވެ. އޭގެ ތެރެއިން އެމްޔޫ ސްޓޯރުން ވިއްކާ ތުރުކީގެ ކޮފީ ބްރޭންޑެއް ކަމަށްވާ 'ގޯލްޑަން ބެސްޓް ކޮފީ'އަކީ އެހެން ކޮފީ ބްރޭންޑްތަކަށް ދޫނުކުރާ ވަރުގެ ބްރޭންޑެކެވެ. މި ދުވަސްކޮޅު އެމްޔޫ ސްޓޯރުން ވަނީ ގޯލްޑަން ބެސްޓް ކޮފީގެ އަގު ވެސް ހެޔޮކޮށްފަ އެވެ. އެގޮޮތުން:
-
ބޮޑު ޕެކެޓެއް 80ރ.އަށް؛ އާންމުކޮށް މި ސައިޒުގެ އެހެން ބްރޭންޑްތަކުގެ ކޮފީ ޕެކެޓު ލިބެނީ 100ރ.އާ ގާތްކުރާ އަގެއްގައި
-
ހޯލްސޭލް އަގު - 540ރ.

ގޯލްޑަން ބެސްޓް ކޮފީ
ގޯލްޑަން ބެސްޓް ކޮފީ އަކީ ތުރުކީގެ މޮޅު އުފެއްދުމެކެވެ. މި ކޮފީގެ އެކި ފްލޭވާ މާކެޓުން މިހާރު ގަންނަން ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ތުރީ އިން ވަންގެ ކްލެސިކް އާއި މިލްކް ފްރޮތީ
-
ފޯ އިން ވަންގެ ވެނީލާ، ހެޒެލްނަޓް، ޗޮކްލެޓް އަދި ކެރެމަލް
-
ޓޫ އިން ވަންގެ ޝުގާ ފްރީ، ކްލެސިކް އެސްޕްރެސޯ އަދި ގޯލްޑް
'ގޯލްޑަން ބެސްޓް ކޮފީ' ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ އެމްޔޫ ސްޓޯރުންނެވެ. މި ކޮފީގެ މީރު ރަހަ އާންމުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެމްޔޫ ސްޓޯރުން މީގެ ކުރިން ފްރީ ޓޭސްޓިން އިންވެންޓުތަކެއް ވެސް ވަނީ ބާއްވާފަ އެވެ.