މާލޭގައި އަލަށް ހުޅުވި، ނައިކީ ބްރޭންޑަށް ހާއްސަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ. (ފޮޓޯ/ސޮނީ ސްޕޯޓްސް)

ސޮނީ ސްޕޯޓްސް

ނައިކީއަށް ހާއްސަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ހުޅުވައިފި؛ ފުރަތަމަ ހަފްތާގައި ޑިސްކައުންޓް

އަލަށް ހުޅުވި ސޮނީ ސްޕޯޓްސް ލައިފްސްޓައިލްއިން ކުޅިވަރުގެ އެކި ކެޓަގަރީތަކުގެ އުފެއްދުންތައް ގަންނަން ލިބޭނެ
26 އޯގަސްޓު 2023

ނައިކީ ބްރޭންޑަށް ހާއްސަ ފިހާރައެއް ސޮނީ ސްޕޯޓްސްއިން މާލޭގައި ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ސޮނީ ސްޕޯޓްސްގެ އާ ފިހާރަ، 'ސޮނީ ސްޕޯޓްސް ލައިފްސްޓައިލް' ހުޅުވީ ރޭ ބޭއްވި ހަފްލާއެއްގަ އެވެ.

ތަފްސީލު - ސޮނީ ސްޕޯޓްސް ލައިފްސްޓައިލް އަކީ ރާއްޖޭގައި ނައިކީ ބްރޭންޑުގެ އެންމެ ގިނަ އުފެއްދުންތައް، އެއް ފުރާޅެއްގެ ދަށުން ގަންނަން ލިބޭނެ ފިހާރަ އެވެ.

ފުޓުބޯޅަ، ޓްރެއިނިން އަދި ދުވާ މީހުންނަށް ހާއްސަ އުފެއްދުންތަކާއި އެ ނޫން ކެޓަގަރީތަކުގެ އުފެއްދުންތައް ވެސް މި ފިހާރައިން ގަންނަން ލިބޭނެ އެވެ.

  • ސޮނީ ސްޕޯޓްސް ލައިފްސްޓައިލްއިން ވިއްކާ ބައެއް އުފެއްދުންތައް. (ފޮޓޯ/ސޮނީ ސްޕޯޓްސް)
  • ސޮނީ ސްޕޯޓްސް ލައިފްސްޓައިލްއިން ވިއްކާ ބައެއް އުފެއްދުންތައް. (ފޮޓޯ/ސޮނީ ސްޕޯޓްސް)
  • ސޮނީ ސްޕޯޓްސް ލައިފްސްޓައިލްއިން ވިއްކާ ބައެއް އުފެއްދުންތައް. (ފޮޓޯ/ސޮނީ ސްޕޯޓްސް)

ސޮނީ ސްޕޯޓްސް ލައިފްްޓައިލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން، އެ ތަނުން ވިއްކާ ހުރިހާ އުފެއްދުންތަކުން %30 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ފިހާރަ ކުރިއަށް އޮތް ހަތް ދުވަހުގެ މުއްދަތަކަށެވެ.

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ހުންނާނީ މަޖީދީމަގު، މޯލްޑިވްސް މީޑިއާ ކައުންސިލް ހުންނަ އިމާރާތް ޖެހިގެން ހުޅަނގަށެވެ.

ފިހާރަ ހުޅުވާފައި ހުންނާނީ:

  • ހެނދުނު 10 - މެންދުރު 12

  • މެންދުރު 2 - ހަވީރު 6

  • ރޭގަނޑު 8 - ރޭގަނޑު 10

އިތުރު އާޓިކަލް

އިތުރު އާޓިކަލް