Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 6:29 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

އެމްއެމްއޭ އިމާރާތް. (ފޮޓޯ/އެމްއެމްއޭ)

އެޑްވަޓޯރިއަލް

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމާ އެކު ބަދަލުވާނީ ކޮން ކަމެއް؟

25 އޯގަސްޓު 2023

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައާރަފްކުރަން ތައްޔާރުވެފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތާ އެކު ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ނިޒާމުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެ އެވެ. އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގައި ދިމާވަމުންދިޔަ ތުރާތަކަށް ނިމުމެއް އަންނާނެއެވެ. މި ތަނުގައި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިމި ހިދުމަތް ފަށާއިރު ލިބޭނެ ހިދުމަތްތަކަށް ކުރު ގޮތަކަށް ބަލާލާނަމެވެ.

ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)

މިއީ މި ސިސްޓަމްގެ އެންމެ މުހިންމު ސިފަ އެވެ. ވަގުތުން ފައިސާ ފޮނުވުމެވެ. މި ސިސްޓަމްގައި ބައިވެރިވާ ކޮންމެ ބޭންކެއްގެ ކޮންމެ ކަސްޓަމަރަކަށް ކޮންމެ ތާކު ހުރެ ވެސް މި ހިދުމަތް ލިބިގެންދާނެ އެވެ. އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާތައް ލިބުމުގައި މިހާރު ހޭދަވާ ގަޑިއިރުތައް ނުވަތަ ދުވަސްތަކުގެ ފަރަގު މަދު ސިކުންތުކޮޅަކަށް މި ސިސްޓަމުން މަދުކުރެ އެވެ.

ފައިސާ ހޯދުމަށް ފަސޭހަ ގޮތެއް (ރިކުއެސްޓް ޓު ޕޭ)

ޕޭމަންޓް ސިސްޓަމްގައި ހިމެނޭ މި ހިދުމަތުގެ ބޭނުންކޮށްގެން މީހަކު ފައިސާއެއް ދޭން އޮވެއްޖެ ނަމަ، އެކަން ހަނދާން ކޮށްދެވޭނެ އެވެ. އެ ފައިސާއެއް ފޮނުވައިދިނުމަށް ސިސްޓަމްގެ ތެރެއިން އެދެވޭނެ އެވެ. މި ހިދުމަތަކީ ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޕޭމަންޓް ހިދުމަތްތައް ދިނުމުގައި އެތައް ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ކަސްޓަމަރުން ގަންނަ އެއްޗެއްސަށް ދޭން ޖެހޭ ފައިސާއަށް ފަސޭހަކަމާ އެކު އެދިލެވޭނެ އެވެ. ނޮޓިފިކޭޝަނެއްގެ ސިފައިގައި ނުވަތަ މެސެޖަކުން އަންނަ މި އެދިލުމަށް އިޖާބަދިނުމާ އެކު އެ ފަރާތެއްގެ އެކައުންޓުން ރައްކާތެރިކަމާ އެކު ފައިސާ އުނިކުރެވި ލިބެންވީ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާކުރެ އެވެ.

އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)

އަމިއްލަ އެކައުންޓް ނަންބަރު ވެސް ހިތުން ކިޔާލަން ނޭނގެ އެވެ. އެއަށް ވުރެ ކުރު ނަންބަރުތައް ވެސް ހަނދާނުގައި ބެހެއްޓުން ބައެއް ފަހަރު ދަތިކަމަކަށް ވެ އެވެ. މިފަދަ ހާލަތްތަކަށް ޕޭމަންޓް ސިސްޓަމް އޮތީ ތައްޔާރަށެވެ. ހަނދާނުގައި ބަހައްޓަން ފަސޭހަ އެއްޗެއް އިހްތިޔާރުކޮށްލާށެވެ. މޯބައިލް ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ފަދަ އެއްޗެކެވެ. މިފަދަ "އޭލިއަސް"އަކާ އެކައުންޓު ލިންކުކުރެވެ އެވެ. ފައިސާއެއް ފޮނުވާންވީމައި އެކައުންޓު ނަންބަރުގެ ބަދަލުގައި ލިޔާނީ މި އެވެ. ޕޭމަންޓް ސިސްޓަމް ލޯންޗުކުރާއިރު އޭލިއަސްގެ ގޮތުގައި ބޭނުންކުރެވޭނީ މޯބައިލް ނަންބަރާއި އީމެއިލް އަދި އައިޑީ ކާޑު ނަންބަރެވެ. ނަމަވެސް، އިތުރު އޭލިއަސްތައް ސްމާޓް އެޑްރެސިންގައި ހިމެނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ޕޭމަންޓް ސިސްޓަމާ އެކު، އެއްބޭންކު އަނެއްބޭންކާ ސިސްޓަމްގެ ތެރެއިން ރައްކާތެރި ގުޅުމެއް (އިންޓައޮޕަރެބެލިޓީ) ގާއިމުކުރެވިގެންދާނެ އެވެ. މިއާ އެކު، މިހާރު ވަކިވަކި ބޭންކުތަކުން ދެމުންދާ އެކައުންޓް ވެރިފިކޭޝަން ނުވަތަ ކާކުގެ އެކައުންޓެއްކަން ކަށަވަރުކުރުމުގެ ހިދުމަތް އެއްކުރެވިގެންދާނެ އެވެ. މިސާލަކަށް ބޭންކް އޮފް މޯލްޑިވްސް ބޭނުންކުރާ ފަރާތަކުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކަށް ފައިސާ ޖަމާކުރިޔަސް އެކައުންޓު ނަންބަރު ނުވަތަ އޭލިއަސް ލިޔުމާ އެކު، އެއީ ކޮން ފަރާތެއްގެ އެކައުންޓެއްކަން އެނގޭނެ އެވެ. މިކަމުގެ ސަބަބުން އޮޅިގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާވުން މަދުވެގެންދާނެ އެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިންމައި މި މަހު ލޯންޗުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަންނަނީ ތައްޔާރީތައް ވަމުންނެވެ. މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާއަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރުގައި ހިދުމަތްތައް ފުޅާކުރެވި އާ ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭނެ އެވެ.

ނޯޓް: މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލިޔެފައިވާ ލިޔުމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް