ލަލީގާގައި ލަނޑެއް ޖެހުމަށް ފަހު ރެއާލް މެޑްރިޑްގެ ނަޗޯ އުފާ ފާޅުކުރަނީ. (ފޮޓޯ/ރޮއިޓާސް)

މީޑިއާނެޓް

ސީޒަން ބްރޭކަށް ފަހު ލީގު ފުޓުބޯޅަ އަނބުރާ މީޑިއާނެޓަށް

ބޮޑު ހަތަރު ލީގުގެ ހުރިހާ މެޗެއް މީޑިއާނެޓުގެ އައިސް ނެޓްވޯކުގެ ޗެނަލްތަކުން ގެނެސްދޭނެ
10 އޯގަސްޓު 2023

އެންމެ ފަހުގެ ފުޓްބޯޅަ ސީޒަން މިދިޔަ މެއި މަހު ނިމުމަކަށް އައި ހިސާބުން ގިނަ ބަޔަކު އައީ ލީގު ފުޓުބޯޅައިގެ ފޯރި އަނެއްކާވެސް ޓީވީ އަދި ފޯން ސްކްރީންތަކަށް އަނބުރާ އަންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

ދުނިޔޭގެ އެންމެ މަގްބޫލު ކްލަބުތަކާއި ކުޅުންތެރިން އާ ސީޒަނަކާ އެކު ވާދަވެރި މެޗުތަކެއް ކުޅޭ ތަން ބަލާލުމަށް ކެތްމަދުވެފައި ތިބި މީހުންގެ އިންތިޒާރަށް ނިމުން އަންނަ ދުވަސް ގާތް ވެއްޖެ އެވެ. މި މަހަކީ ފުޓުބޯޅަ ފޯރި އަލުން އަނބުރާ އިއާދަވާނެ މަހެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ދުނިޔޭގެ އެންމެ މަގްބޫލު އަދި އެންމެ ބޮޑު ހަތަރު ފުޓުބޯޅަ ލީގު މި ފަހަރު ވެސް ދިވެހިންނާ ހަމައަށް ގެނެސްދޭނީ މީޑިއާނެޓުންނެވެ. އެގޮތުން:

  • މާދަމާ ސްޕެނިޝް ލަލީގާ ފެށޭނެ 

  • އަންނަ ހޮނިހިރު ދުވަހު، ވަރުގަދަ އިނގިރޭސި ޕްރިމިއާ ލީގު އަދި ފްރެންޗު ލީގު 1 ފެށޭނެ

  • މި މަހުގެ 19ގައި އިޓާލިއަން ސެރީ އާ ވެސް ފެށޭނެ

ފުޓްބޯޅައިގެ ހަތަރު ލީގުގެ މެޗުތައް މީޑިއާ ނެޓުން ފެންނާނެ

މި ފެށެނީ ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް އީދަކަށް ވާނެ ހަފްތާއެކެވެ.

މި ލީގުތަކުގެ ހުރިހާ މެޗެއް މީޑިއާނެޓުގެ އައިސް ނެޓްވޯކުގެ ޗެނަލްތަކުން ގެނެސްދޭނެ އެވެ.

  • މީޑިއާ ނެޓަކީ މި ހަތަރު ލީގު އެއް ނެޓްވޯކަކުން ރީ-ބްރޯޑްކާސްޓު ކުރާ މި ސަރަހައްދުގެ ހަމައެކަނި ކުންފުނި

ކޮންމެ އަހަރަކު ވެސް ގޭގެ ސިޓިންގް ރޫމާއި ސައިހޮޓާތައް އަދި ފޯނު މެދުވެރިކޮށް ވަގުތުން މި މެޗުތައް ބަލާލެވޭނެ ފުރުސަތު، ފަސޭހަކަމާ އެކު ދިވެހިންނަށް ފޯރުކޮށްދިނުމަށް މީޑިއާނެޓުން އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ.

މި އަހަރުގެ ލީގު ސީޒަން އިތުރު ފުރިހަމަކަމަކާ އެކު ގެނެސްދިނުމަށް، މީޑިއާނެޓު އަދި އައިސް ނެޓްވޯކުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. އެގޮތުން، އެހެން އަހަރުތަކާ ހިލާފަށް ހާއްސަ ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް