ދިރާގު ހެޑް އޮފިސް

ދިރާގު

ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނާއި ރައުޓަރުގެ ހިލޭ ލިބޭ ޕްރޮމޯޝަނެއް

މި ޕްރޮމޯޝަންގައި 22 ޖޫންގެ ކުރިން މުޅިން އަލަށް ދިރާގު ފައިބާ ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލައި ރައުޓަރާއި ސެޓް-އަޕް ލިބޭނެ

މުޅިން އަލަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ރައުޓަރާއި ސެޓް-އަޕް ހިލޭ ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ދިރާގުގެ ރެޒިޑެންޝަލް ކަސްޓަމަރުން، ފައިބާ ބްރޯޑްބޭންޑުގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކޮށްގެންވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 22 ޖޫންގެ ނިޔަލަށެވެ.

ބުނީ ކީކޭ؟ - ދިރާގުގެ މެނޭޖާ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވީ، ދިރާގު ފައިބާ ބްރޯޑްބޭންޑާ އެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖުތައް ހިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑު ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.

"މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

އެ ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ދިރާގުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ތަފްސީލު - ދިރާގުން ބުނާ ގޮތުގައި އެ ކުންފުނީގެ ފަައިބާ ބްރޯޑްބޭންޑު ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކު ކަމަށެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކުގެ %87 އަށް އެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށްޓަކައި ދިރާގުން މަސައްކަތް ކުރަމުން އަންނަނީ އީޖާދީ ގޮތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރަން މަސައްކަތް ކުރަމުންނެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް