ކުޑަގިރީގައި ބޭއްވި އިވެންޓެއްގައި ހަވާ އަރުވަނީ. (ފޮޓޯ/އާބަންކޯ)

ކުޑަގިރި

ކުޑަގިރި: މާލެ ސަރަހައްދުން އިވެންޓުތައް ބާއްވަން ހިތްގައިމު ތަނެއް

ބޮޑެތި ކޯޕަރޭޓް އިވެންޓުތަކުގެ އިތުރުން އުފަންދުވަހުގެ ޕާޓީތަކާއި އާއިލީ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ވެސް ކުޑަގިރިން ލިބޭނެ ކަމަށް އާބަންކޯ އިން ބުނި

ކުޑަގިރި ތަރައްގީކުރީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން 'އާބަން ގެޓްއަވޭ'އެއްގެ ގޮތުގަ އެވެ. އެ ރަށުގެ ހިތްގައިމުކަމާއި ތަފާތު މާހައުލުގެ އުފާވެރިކަން އާންމުން ހޯދާތާ މިހާރު ހަތަރު މަސް ވަނީ ވެފަ އެވެ. ހަފްތާ ބަންދުތަކުގައި އާއިލާތަކާއި ރަހުމަތްތެރިންގެ ގްރޫޕްތައް ގޮސް ކުޑަގިރީގެ ޓެންޓުތަކާއި އަށިތައް ފުރާލަ އެވެ. ރޭގަނޑު ބާބަކިއުތަކާއި ބީޗް ޑިނާތަކަށް އެ ތަނަށް ދާ މީހުން ވެސް ވަކި މަދެއް ނޫނެވެ.

އެކަމަކު ކުޑަގިރިން ލިބޭ ހިދުމަތްތަކަކީ ހަމައެކަނި އެއީއެއް ނޫނެވެ. ގިނަ ވަސީލަތްތަކަކާއި ފަސޭހަތަކާ އެކު ޕްލޭން ކޮށްގެން ތަރައްގީ ކޮށްފައިވާ ރަށް ބަލަހައްޓާ އާބަންކޯ އިން ބުނިގޮތުގައި، ކުޑަގިރިއަކީ ހަފްލާތަކާއި ޕާޓީ އަދި ކޯޕަރޭޓް އިވެންޓުތައް ބޭއްވުމަށް ވެސް އެއްވަނައިގެ ތަނެކެވެ.

ކުޑަގިރީގައި ބޭއްވި އިވެންޓަކަށް ތަން ޒީނަތްތެރިކޮށްފައި. (ފޮޓޯ/އާބަންކޯ)

ކުޑަގިރީގައި އެކި ކުންފުނިތަކުގެ ހަފްލާތަކާއި އަހަރީ ޖަލްސާ ފަދަ ބޮޑެތި އިވެންޓުތައް  ބާއްވަ އެވެ. މިވީ ހަތަރު މަހުގެ ތެރޭގައި ކޯޕަރޭޓް ބޮޑު 10 އިވެންޓު ކުޑަގިރީގައި ބާއްވާފައިވެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް އިވެންޓުތަކަކީ:

  • ދިރާގުގެ އަހަރީ އިވެންޓު

  • ވެމްކޯގެ އަހަރީ އިވެންޓު

  • އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި އިވެންޓު

  • އެކި ކުންފުނިތަކުގެ ޓީމް ބިލްޑިން އިވެންޓުތައް

  • އާބަންކޯގެ އަހަރީ އިވެންޓު

ކުޑަގިރީގައި ބޭއްވި އިވެންޓެއް. (ފޮޓޯ/އާބަންކޯ)

ބޮޑެތި ކޯޕަރޭޓް އިވެންޓުތަކަށް ބޭނުންވާ ޖާގައިގެ އިތުރުން އެހެނިހެން ހިދުމަތްތައް ވެސް ކުޑަގިރިން ލިބެ އެވެ. އިވެންޓް ޕްރޮޑަކްޝަން، ސެޓަޕް އަދި ޓްރާންސްޕޯޓު ފަދަ ބޮޑެތި ހުރިހާ ހިދުމަތްތަކެއް ކުޑަގިރި ޓީމުން ފޯރުކޮށްދޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، ކުޑަގިރި ހުޅުވުމުގެ މައިގަނޑު އަމާޒަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި އާއިލާތަކަށް ހިތްގައިމު މާހައުލެއް ހޯދައިދިނުން ކަމަށްވާއިރު، އިވެންޓުތައް ބޭއްވުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އުފަންދުވަހުގެ ޕާޓީތަކާއި އެކި ކަހަލަ އާއިލީ އެއްވުންތައް ކުޑަގިރީގައި ބޭއްވޭނެ އެވެ.

އާބަންކޯ އިން ބުނީ ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ މީހުން sales@kudagiri.mv އަށް މެއިލް ފޮނުވައިގެން ތަން ބުކް ކުރެވޭނެ ކަމަށެވެ.

ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް