ބީއެމްއެލް އިސްލާމިކް އިމާރާތް. (ފޮޓޯ/ޕީއެސްއެމް)

ބީއެމްއެލް

ބީއެމްއެލް އިސްލާމިކް ފައިނޭންސިން ނަގައިގެން 50،000ރ. ހޯދުމުގެ ފުރުސަތު

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވާނެ. ބީއެމްއެލް އިސްލާމިކްގެ ކޮންމެ ޕްރޮޑަކްޓަކަށް ހުށަހަޅައި އެޕްރޫވްވިޔަސް ލަކީޑްރޯތަކުގެ ބައިވެރިވެވޭނެ

ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ޕްރޮޑަކްޓެއް ނެގުމުން 50،000ރ. ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ތަފްސީލު - އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 22 ޖުލައިގެ ނިޔަލަށެވެ. އެ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ޕްރޮޑަކްޓްތަކަށް އެހީ ހުށަހަޅައި، އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު އަދި މުޅި ޕްރޮމޯޝަންގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރު ނަގާނެ އެވެ. އެގޮތުން:

  • ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 3،000ރ. ލިބޭނެ

  • މުޅި ޕްރޮމޯޝަންގެ ގްރޭންޑް ވިނާއަށް ގުރުއަތުން ހޮވޭ ފަރާތަށް 50،000ރ. ލިބޭނެ

އެ ޕްރޮމޯޝަނާ ގުޅޭ އޯޕަންޑޭއެއް މިއަދު މެންދުރު 2 ޖެހުމާ ހަމައަށް ބީއެމްއެލްއިން އެބަ ކުރިއަށްގެންދެ އެވެ. އެ އޯޕަންޑޭގައި ބައިވެރިވެ ނުވަތަ ބީއެމްއެލް އިސްލާމިކްގެ ބްރާންޗަށް ދިއުމުން ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ޕްރޮޑަކްޓުތަކުގެ މައުލޫމާތު ސާފުކޮށް، ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ.

އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުންވެސް ބަލައިލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް