އެމްޕީއެލް ޕޯޓް ސޭފްޓީ ވީކްގެ ތެރެއިން ބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް. (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

ބަނދަރު ރައްކާތެރި ތަނަކަށް ހަދަން އެމްޕީއެލްއިން 'ޕޯޓް ސޭފްޓީ ވީކް'އެއް

ހަފްތާއެއްގެ މުއްދަތަކަށް އެމްޕީއެލްގެ މުވައްޒަފުންނަށް ބަނދަރުގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެ ނޫން އިތުރު ހަރަކާތްތައް ކުރިއަށްގެންދަން އެ ކުންފުނިން ވަނީ ރާވާފައި
20 ޑިސެމްބަރު 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ބަނދަރުތައް ރައްކާތެރި ތަނަކަށް ހަދައި، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެ ކުންފުނީގެ މުވައްޒަފުން ހޭލުންތެރިކުރަން 'އެމްޕީއެލް ޕޯޓް ސޭފްޓީ ވީކް'ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރަކާތް ފެށީ އިއްޔެ އެވެ. އެ ހަރަކާތް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ތަފްސީލު - އެމްޕީއެލް ޕޯޓް ސޭފްޓީ ވީކް ފެށުމަށް ފަހު އެންމެ ފުރަތަމަ ހަރަކާތުގެ ގޮތުން މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ ކްލިއަންރެންސް އެޖެންޓުންނަށް ހެލްމެޓް ވަނީ ބަހާފަ އެވެ.

އެއަށް ފަހު އެ ކުންފުނިން މުޅިން އަލަށް އެކުލަވައިލި ހެލްތު އެންޑް ސޭފްޓީ ޕޮލިސީ ވަނީ އިފްތިތާހުކޮށްފަ އެވެ. އެ ޕޮލިސީ އިފްތިތާހު ކޮށްދެއްވީ އެމްޕީއެލް ބޯޑުގެ ޗެއާމަން މުހައްމަދު ޝަރީފް އެވެ.

ކްލިއަންރެންސް އެޖެންޓުންނަށް ހެލްމެޓް ބެހުން. (ފޮޓޯ/އެމްޕީއެލް)
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޕޮލިސީ އިފްތިތާހުކުރުން. (ފޮޓޯ/އެމްޕީއެލް)

ހަފްތާއެއްގެ މުއްދަތުގައި އެމްޕީއެލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ކުރިއަށްގެންދަން އެ ކުންފުނިން ވަނީ ރާވާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ހަރަކާތްތަކަކީ:

  • ޕޯޓް ސެކިއުރިޓީ މުވައްޒަފުންނާއި ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓަށް ބަނދަރުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް - އެ ޕްރޮގްރާމުގައި ސެލްފް ޑިފެންސް އަދި އަލިފާނުގެ ހާދިސާތަކާ ގުޅޭ މައުލޫމާތު ވަނީ ދީފައި

  • ބަނދަރު ބޭނުންކުރާ މީހުންނާއި އެމްޕީއެލް މުވައްޒަފުންނަށް ޕޯޓް ސޭފްޓީ ވޯކްޝޮޕެއް - އެ ވޯކްޝޮޕުގައި ޓްރެފިކް ކޮންޓްރޯލް އަދި ޑިޒާސްޓަ މެނޭޖްމަންޓް ފަދަ ކަންކަމަށް އަލިއަޅުވާލި

  • ކުންފުނީގެ މުވައްޒަފުންނަށް މެޑްހޯޕް މެޑިކަލް ސެންޓަރާ ގުޅިގެން ހެލްތު ސްކްރީނިން ކޭމްޕެއް

  • މުވައްޒަފުންނަށް ކަސްރަތު ސެޝަނެއް

  • މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަނދަރުގައި މަސައްކަތްކުރާ މީހުންނާއި މުވައްޒަފުންނަށް މަގުމަތީގެ ސަލާމަތާއި ޓްރެފިކް އެވެއާނަސް ސެޝަނެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް