ވެލޮރެންޓް ގޭމުގެ ޕޯސްޓަރެއް.

އޮންލައިން ގޭމު

ޔުނިވާސިޓީތަކަށް ހާއްސަ ރެބްޑުލްގެ 'ވެލޮރެންޓް' މުބާރާތް ރާއްޖެއަށް

މިފަހަރުގެ މުބާރާތުގައި ރާއްޖޭގައި ވެލޮރެންޓަށް ތަރުހީބު އޮތް މިންވަރު ދެނެގަތުމަށް ގައުމީ ފެންވަރުގެ ޗެމްޕިއަން ޓީމު ހޮވައި އަގުހުރި އިނާމު ދޭނެ
19 އޮކްޓޯބަރު 2022

މަގުބޫލު އޮންލައިން މަލްޓިޕްލެޔާ ގޭމު 'ވެލޮރެންޓް'އަށް ހާއްސަކޮށްގެން ރެޑްބުލް އިން ޔުނިވާސިޓީތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޔުނިވާސިޓީތަކަށް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - 'ރެޑްބުލް ކެމްޕަސް ކްލަޗް'ގެ ނަމުގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޔުނިވާސިޓީތަކަށް ހުޅުވާލީ އިއްޔެ އެވެ.

ތަފްސީލު - އެ މުބާރާތުގައި ދުނިޔޭގެ 50އަށް ވުރެ ގިނަ ގައުމުތަކުގެ ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުން ވާދަކުރާނެ އެވެ. އެ މުބާރާތުގެ މަގްސަދަކީ ދަރިވަރުން ނިސްބަތްވާ ޔުނިވާސިޓީ އާއި ގައުމު، ވެލޮރެންޓް ގޭމުގެ ބައިނަލްއަގްވާމީ އެންމެ ބޮޑު މުބާރާތުގައި ތަމްސީލުކުރަން ފުރުސަތު ހޯދައިދިނުމެވެ.

ރެޑްބުލް ކެމްޕަސް ކްލަޗް

  • މުބާރާތް ކުރިއަށްދާނީ ތިން ސްޓޭޖަކަށް ބަހާލައިގެން؛ އެއީ ކޮލިފައިން ބުރަކާއި ގައުމީ ފައިނަލް ބުރަކާއި ވޯލްޑް ފައިނަލް ބުރެއް

  • ނަމަވެސް، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރު ކަމަށްވުމާ އެކު މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެއްވެސް ޓީމަކުން ވޯލްޑް ފައިނަލްގައި ބައިވެރިނުވާނެ؛ އޭގެ ބަދަލުގައި ހޮވާނީ ގައުމީ ބުރުގެ ޗެމްޕިއަން

  • އެގޮތަށް ނިންމީ ރާއްޖޭގައި ވެލޮރެންޓަށް ތަރުހީބު އޮތް މިންވަރު ދެނެގަތުމަށް

  • ޗެމްޕިއަން ޓީމަށް އަގުހުރި އިނާމުތަކެއް ރެޑްބުލްއިން ވަނީ ހުށަހަޅާފައި

  • ކޮލެޖު ނުވަތަ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ކޮންމެ އުފުރުފުރާއެއްގެ މީހަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ

މި ލިންކްއަށް ވަނުމަށް ފަހު ރާއްޖޭގެ ޔުނިވާސިޓީއެއް ނުވަތަ ކޮލެޖެއްގައި ކިޔަވާ ދަރިވަރުން، އެ ދަރިވަރެއްގެ ސްޓޫޑަންޓް އައިޑީ ޖެހުމުން މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީ ވެވޭނެ އެވެ.

ވެލޮރެންޓް

ވެލޮރެންޓް އަކީ ގޭމް ކުޅޭ މީހުން 2020 ވަނަ އަހަރު އެންމެ އިންތިޒާރުކުރި 'ފަސްޓް ޕާސަން ޝޫޓާ' (އެފްޕީއެސް) ގޭމެވެ. އެގޮތުން ވެލޮރެންޓް ބީޓާ ޓެސްޓިން މަރުހަލާގައި ކޮންމެ ދުވަހަކު ވެސް ތިން މިލިއަނާ ގާތްކުރާ އަދަދަކަށް ކުޅުންތެރިން އެ ގޭމަށް ވަނީ ލޮގިންވެފަ އެވެ.

ވެލޮރެންޓް.

ރަޔަޓް ގެމްސް އިން އުފައްދާފައިވާ ވެލޮރެންޓްގައި ވާދަކުރަނީ ފަސް މީހުންގެ ދެ ޓީމެވެ.

އެ ގޭމުގެ ބައެއް ފީޗާތައް:

  • ފްރީ ޓު ޕްލޭ ނުވަތަ އަގަކާ ނުލައި ކުޅެވޭ ގޭމެއް

  • ފަރުމާކޮށްފައިވަނީ އެކި ފެންވަރުގެ ކޮމްޕިއުޓާ ހާޑްވެއާގައި ރަން ކުރެވޭ ގޮތަށް

  • މަލްޓިޕްލެޔާ ގޭމްތަކުގެ ތެރެއިން ސާވާ ކޮލެޓީ އެންމެ ރަނގަޅު އެއް ގޭމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް