އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކްގެ ހިދުމަތް ވަނީ ފަށާފައި
ހުމާއި ރޯގާ އިތުރުވެ، އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް
މާލޭގައި ހުމާއި ރޯގާގެ ކޭސްތައް ގިނަވެ، އައިޖީއެމްއެޗްގައި އެކަމަށް ހާއްސަ ފްލޫ ކްލިނިކަކުން ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ މައި ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުމާއި ރޯގާ ޖެހިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ.
ތަފްސީލު - އައިޖީއެމްއެޗުން ބުނީ އެފަދަ ކޭސްތައް އިތުރުވުމުގެ ސަބަބުން އިއްޔެ އިން ފެށިގެން އައިޖީއެމްޗްގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
މި ކްލިނިކްގެ ހިދުމަތް ދޭނީ:
-
ހެނދުނު 8 އިން ރޭގަނޑު 11 އަށް
އެނގުން މުހިންމު - އެޗްޕީއޭއިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެކި ކަހަލަ ރޯގާތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ.
އެގޮތުން އަރިދަފުސް ރޯގާގެ ކޭސްތައް:
-
މާޗު: 14،399 ކޭސް
-
އޭޕްރީލް: 12،978 ކޭސް
-
މާޗު މަހުގެ ފަހު ހަފްތާ: 3،301 ކޭސް
-
އޭޕްރީލް މަހުގެ ފަހު ހަފްތާ: 2،925 ކޭސް
ހުމާއި ރޯގާގެ ކޭސްތައް އިތުރުވި އިރު، ރާއްޖޭގައި މިހާރު ކޮވިޑް ކޭސްތައް ވެސް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ.
-
އިތުރަށް ކިޔާލަން: މި އަހަރު ރޯގާތައް ފެތުރޭ މިންވަރު އިތުރު: އެޗްޕީއޭ