7 ސުވާލު

7 ސުވާލު: ޖޭޕީން ކެންޑިޑޭޓަކު ނެރުން

މެމްބަރު އަލީ ހުސައިން ވިދާޅުވީ މިހާރު އޮތް ހާލަތަކީ 2018ގެ ރިޔާސީ އިންތިހާބުގައި އޮތް ހާލަތެއް ނޫން ކަމަށް
11 މާރިޗު 2023

މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަކި ކެންޑިޑޭޓަކު ނެރެ ވާދަކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަލީ ހުސައިން މިގޮތަށް ވިދާޅުވީ، މި ހަފްތާގެ 'ދައުރު'ގެ ހަތް ސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. 

ބުނީ ކީކޭ؟ - "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަމަ ގާތްގަނޑަކަށް %99 ޔަގީން ޖޭޕީން ކެންޑިޑޭޓަކު ނެރޭނެކަން... ކޮންގްރެސްގެ އިއްތިފާގުން އެންމެން އާނއެކޭ ބުނި ބަހެއް ބޮލާލާ ޖަހާނޭކަމަށް ގަބޫލެއް ނުކުރަން. އަދި ކޯލިޝަން ހަދައިގެން ބައެއްގެ ފަހަތަށް އަރައިގެން ދާން ޖެހޭ ވަރުގެ ސަބަބުތަކެއް ހުރިކަމަށްވެސް ގަބޫލެއް ނުކުރަން،" ދެވަނަ ދައުރަކަށް ކެންދޫ ދާއިރާއަށް ހަމަ ޖޭޕީގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެން ހުންނެވި އަލީ ހުސައިން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް