ރެއިންބޯ

'ރެއިންބޯ ސެންޓްރަލް' މޯލް

'ރެއިންބޯ ސެންޓްރަލް' ހުޅުވާފައި ވަނީ އެ ކުންފުނިން ތަރައްގީކުރި 'އޯޝަން ފްރަންޓް ރެސިޑެންސް' އިމާރާތުގައި
17 ޑިސެމްބަރު 2022

ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރޮންޓް ތިރީގައި މިފަހުން ރެއިންބޯ އިން ހުޅުވި ބޮޑު މޯލާ އެކު ހުޅުމާލެއިން ބާޒާރު ކުރުމަށް މި ވަނީ އާ ތަޖުރިބާއެއް އިތުރުވެފަ އެވެ. 'ރެއިންބޯ ސެންޓްރަލް'ގެ ނަމުގައި ހުޅުވި އެ މޯލްއަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ރެއިންބޯ އިން ގެނެސްދިން އިތުރު ފަސޭހަކަމެކެވެ.

ރެއިންބޯ އިން ބުނި ގޮތުގައި، އެ ކުންފުނިން ހުޅުމާލޭގައި ބޮޑު މޯލެއް ހުޅުވުމުގެ ބޭނުމަކީ ހުޅުމާލެއަކީ މިހާރު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނާތީ އަދި ގިނަ ބަޔަކު އެ ތަނަށް ދިރިއުޅުން ބަދަލު ކުރަަމުން އަންނާތީ އެ ފަރާތްތަކަށް ލުއި ފަސޭހަކަމެއް ހޯދައިދިނުމެވެ. 

"ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމެއް މިއީ ރެއިންބޯގެ މޯލްއެއް ހުޅުމާލޭގައި ހުރުމަކީ. މި މޯލްގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ލުއި ފަސޭހައެއް ލިބިގެން އައުން އަޅުގަނޑުމެންގެ އުންމީދަކީ،" ރެއިންބޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް