އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މިއީ އެމްޑީޕީ އާއި ސަރުކާރު އެއްކޮށް މަސައްކަތްކޮށް 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒު
ފައްޔާޒު މިހާރު ގެންދަވަނީ އޭނާގެ ކެމްޕެއިން ޖަގަހައިގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން. އޭނާ ވިދާޅުވީ މިއަދުގެ އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު އޮތް މިންވަރު.
އެމްޑީޕީ 'ހިންގާލުމުގައި' ދެގޮތެއް ނުވެ ހުންނާނަން: ފައްޔާޒު
އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ފައްޔާޒު ވަނީ ދެންމެ ވާހަކަދައްކަވާފައި. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އެމްޑީޕީ އާއި ސަރުކާރު އެއްކޮށް މަސައްކަތްކޮށް، 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީގެ މެމްބަރުން ދިން ވޯޓެއް ކަމަށް.
ފައްޔާޒުއާ އެކު އެއް ޓީމެއްގެ ގޮތުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކެމްޕޭނު ކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ބޮޑު ތަފާތަކުން އެ މަގާމު ހޯއްދަވާފައި.
ފައްޔާޒުގެ ޓީމުން ކާމިޔާބީ އިއުލާނުކޮށްފި
ފައްޔާޒުގެ ޓީމުން ކާމިޔާބީ އިއުލާނުކޮށްފި. ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ ފައްޔާޒަށް ތާއީދުކުރި ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައި.
އިންތިހާބުގެ ވޯޓު ގުނަން މިހާރު ވަނީ ފަށާފައި.
ވޯޓުލާން އެއްވެސް މީހަކު ކިއޫގައި ނެތް ސެންޓަރުތަކުގައި ހުރި ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި.
ވޯޓުލުން 6 ޖަހަންދެން އިތުރުކުރީ ވޯޓު ފޮށި ބަންދުކުރަން އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ގަޑި ކަމަށްވާ 4ގެ ފަހުން ކަމަށް އިމްތިޔާޒު ފަހުމީގެ ގާނޫނީ ޓީމުން ބުނެފި. އެހެންވެ، ވޯޓުލުން ހުއްޓާލަން އެދިފައިވާނެ ކަމަށް އެ ޓީމުން ބުނޭ.
ވޯޓުލުން 6 ޖަހަންދެން ކުރިއަށްގެންދާނެ
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން 6 ޖަހަންދެން ކުރިއަށްގެންދަން ނިންމައިފި.
ރޮޒައިނާ އާއި ސަފާތު ވޯޓުލައްވައިފި
އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ސަފާތު އަހްމަދު ޒާހިރު ވޯޓުލައްވައިފި.
ރޮޒައިނާ ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލްގައި ބައްހަޓާފައި ހުރި ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް. ސަފާތު ވޯޓުލެއްވީ ހުރަވީ ސްކޫލްގައި ބައްހައްޓާފައި ހުރި ހުޅުމާލެ ދާއިރާގެ ވޯޓު ފޮއްޓަށް.
ލިބުނީ އެންމެ ޝަކުވާއެއް؛ ދަނީ ވަރަށް އޮމާންކޮށް: އެމްޑީޕީ
މިއަދު ކުރިއަށްދާ އެމްޑީޕީގެ ވާދަވެރި އެތެރޭގެ އިންތިހާބުގައި މިހާތަނަށް ލިބުނީ އެންމެ ޝަކުވާއެއް ކަމަށާއި އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފި.
އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު ދެންމެ 'ދައުރު'އަށް ވިދާޅުވީ، ސީރިއަސް ބޮޑު މައްސަލައެއް އަދި ދިމާ ނުވާ ކަމަށާއި ހުރިހާ ފަރާތްތަކެއް ވެސް އެއްބާރުލުން ލިބެމުންދާ ކަމަށް.
"ވަރަށް ރީތިކޮށް، ވަރަށް ހަމަޖެހިގެން އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ، ދެ ފަރާތުން ވެސް ވަރަށް ގުޅިގެން. ސީރިއަސް ކަމެއް ނެތް،" އޭނާ ވިދާޅުވި.
"ލިޔުމުން މިހާތަނަށް ލިބުނީ އެންމެ ޝަކުވާއެއް."
ހުށަހެޅި ޝަކުވާއަކީ، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ޓީމުން ހުށަހެޅި ޝަކުވާއެއް. އެއީ މާލޭގައި ހުރި ފޮއްޓަކަށް ވޯޓުލީ މީހަކު ވޯޓު ކަރުދާސް ދެއްކި ކަމަށް ބުނާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި.
އެމްޑީޕީގެ ޗެއާޕާސަންއާ އެކު އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ލ. މާވަށު ވޯޓުލާ މަރުކަޒުން ވޯޓު ކަރުދާސް ދޫކުރި އިރު ފާހަގަ ޖަހާފައިވާ ކަމަށް، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން ބުނެފި.
އިމްތިޔާޒްގެ ކެމްޕެއިން ތަރުޖަމާނު، އުނގޫފާ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާވަށުގައި ހުރި ވޯޓު ފޮށްޓަށް ވޯޓުލާން ދިޔަ މީހަކަށް ދޫކުރި ވޯޓު ކަރުދާހުގައި ކެންޑިޑޭޓު ނަންބަރު ދޭއްގައި ފާހަގަ ޖަހާފައިވާ ކަމަށް ބުނެ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ކެންޑިޑޭޓު ނަންބަރު 2 އަކީ ފައްޔާޒް.
ފަހުން ވޯޓުލާން ފެށި ފޮށިތައް ބަންދު ކުރާނީ 5 ޖަހާއިރު: އެމްޑީޕީ
މިއަދު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެކި ސަބަބުތަކާ ހުރެ ގަޑިއަށް ވޯޓުލާން ނުފެށުނު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 5 ޖަހާއިރު ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފި.
އެމްޑީޕީގެ މި އިންތިހާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9 އިން ހަވީރު 4 އަކަށް.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ރައީސް އިބްރާހިމް މަނިކު މިއަދު 'ދައުރު'އަށް ވިދާޅުވީ، މިހާރު ހުރިހާ ފޮޓެއްގައި ވެސް ވޯޓުލާން ފަށާފައިވާ ކަމަށް. އަދި ގަޑިއަށް ނުފެށުނީ މަދު ފޮށިތަކެއް ކަމަށް އޭނާ ވިދާޅުވި.
ކުރިން ހަމަޖެއްސި ބައެއް އޮފިޝަލުން ނައުމާއި އެކި އެކި ސަބަބުތަކާ ހުރެ ބައެއް ފޮށިތަކުގައި ގަޑިއަށް ނުފެށުނު. އެ ފޮށިތައް ބަންދު ކުރާނީ ހަވީރު 5 ޖަހާއިރު
އޭނާ އިތުރަށް ވިދާޅުވީ:
-
ދެން ހުރި ފޮށިތައް ކުރިންވެސް ކަނޑައަޅާފައިވާ ގަޑިއަށް 4 އަކަށް ބަންދުވާނެ
-
ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދު ކުރާތާ 15 މިނެޓް ފަހުން
-
ވޯޓުގެ ވަގުތީ ނަތީޖާ ވޯޓްލާ މަރުކަޒުގައި ވަގުތުން އިއުލާން ކުރާނެ
އިމްތިޔާޒު ފަހުމީ ވޯޓުލައްވައިފި
ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ވޯޓުލައްވަައިފި
ރައީސް ސޯލިހް ވޯޓުލައްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް.
ފައްޔާޒު ވޯޓުލައްވައިފި
ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ވޯޓުލައްވާފައި. ފައްޔާޒު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް.
ނަޝީދު ވޯޓުލައްވައިފި
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. ނަޝީދު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް.
ޗެއާޕާސަންގެ މަގާމު އެހާ މުހިންމުވަނީ ކީއްވެ؟
އާންމުންކުރާނެ އެއް ސުވާލަކީ، ޗެއާޕާސަންގެ މަގާމުގެ އިންތިހާބު އެހާ މުހިންމު ވެގެން މި އުޅެނީ ކީއްވެ؟ މީގެ ކުރު ޖަވާބަކީ އެމްޑީޕީގެ އިދާރީ ހުރިހާ ކަމެއްގެ ބާރު އޮތީ ޗެއާޕާސަނަށް ކަމަށް ވުން. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންއަކީ "ޕާޓީގެ އެތެރޭގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ." އެމްޑީޕީގެ ބާރު މިހާރު ކިރެމުން ދަނީ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދުގެ ދެމެދުގައި ކަމަށް ވާތީ، ދެ ބޭފުޅުންނަށް ވެސް ޕާޓީގެ ސީދާ ކޮންޓްރޯލް ލިބިވަޑައިގަންނަވާނީ އެ ބޭފުޅެއްގެ ނުފޫޒު ހިނގާނެ ޗެއާޕާސަނެއް ހުންނަވައިގެން. މި އިންތިހާބު ހޫނުވެ، ވާދަވެރިކަން ބޮޑުވެފައި މި އޮތީ އެ ސަބަބާ ހެދި. އަދި ދެ ބޭފުޅުންނަށް އިންތިހާބު މުހިންމު ވަނީ ވެސް އެހެންވެ.
މީގެ ކުރިން ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ކެންޑިޑޭޓުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ގޮސް، ކެމްޕެއިން ކޮށްފައެއް ނުވޭ. އެކަމަކު ފައްޔާޒު އާއި އިމްތިޔާޒު ވަނީ ހުރިހާ ރަށަކަށް ވަޑައިގެން، އެތައް ހާސް ގެޔަކަށް ޒިޔާރަތްކުރައްވާފައި. އޭގެ އިތުރުން ދެ ޓީމުގެ ދެމެދު ބަދަލުކުރި ވާހަކަތަކަށް ބަލާއިރު މިއީ އެމްޑީޕީގެ އެތެރޭގެ ވަރަށް ބޮޑު ހަމަނުޖެހުންގަނޑެއްގެ ގޮތުގައި ވެސް ސިފަކުރެވޭ.
އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު
މިއަދު ވޯޓު ލުން ފަށައިގެން މި އުޅެނީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ވާދަވެރި އިންތިހާބުގައި. އެމްޑީޕީގެ އިދާރީ ހިންގުމުގެ ބާރު ހޯދުމުގެ މި ވާދަވެރިން ކުރިއަށް މި ދަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެދުގައި. ދެ ބޭފުޅުން ސީދާ ވިދާޅުނުވި ނަމަވެސް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ނިސްބަތްވެވަޑައިގަންނަވަނީ، ދެ ރައީސުންނަށް.
މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ވާދަވެރި ކެމްޕޭނެއް ކުރި އިންތިހާބު. މި އިންތިހާބު ބެލެވިފައި ވަނީ ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދާ ދެމެދު އޮތް ވާދަވެރިކަމުގެ ބައެއްގެ ގޮތުގައި.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންއާ އެކު އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް އެބަދެ އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 9ގައި ފެށި ވޯޓުލުން ހަވީރު 4އާ ޖެހެންދެން ކުރިއަށްދާނެ އެވެ.
ތަފްސީލް - މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ވޯޓުލަނީ ފަސް މަގާމަކަށް ބޭފުޅުން ހޮވުމަށެވެ. އެއީ:
-
1-
ޗެއާޕާސަން
-
2-
އަންހެނުންގެ ގޮފީގެ ރައީސް އާއި ނައިބު ރައީސް
-
3-
ޒުވާނުންގެ ރޫހުގެ ރައީސް އާއި ނައިބު ރައީސް
މި އިންތިހާބުގައި:
-
90،000 މީހުންނަށް ވޯޓުލެވޭ
-
ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވޭ
-
މާލޭގެ މެމްބަރުން ވޯޓުލުމަށް 15 ފޮށި؛ އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ފޮއްޓެއް
-
މާލޭގައި އުޅޭ ރަށްރަށުގެ މެމްބަރުން ވޯޓުލުމަށް މަޖިލީހުގެ ކޮންމެ ދާއިރާއަކަށް މާލޭގައި ފޮއްޓެއް ބަހައްޓާފައިވޭ
ފަސްމަންޒަރު - އިންތިހާބުގެ އެންމެ މުހިންމު އަދި ވާދަވެރިކަން އޮތީ ޗެއާޕާސަންގެ މަގާމަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ނުކުންނަވައިގެން އުޅުއްވަނީ، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ފަރާތްޕުޅުންނެވެ. އެއްވެސް ބޭފުޅަކު ރަސްމީކޮށް އެގޮތަށް ވިދާޅުވި ނުވިޔަސް ފައްޔާޒު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ. އިމްތިޔާޒަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓެވެ.
ވެރިކަމުގައި ރައީސް ސޯލިހު ހުންނެވި ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނަޝީދު ނުކުންނަވާނެ އެވެ. އެހެންކަމުން އެމްޑީޕީގައި ނުރަސްމީކޮށް އޮތް ވާދަވެރިކަން ގުޅެނީ އެކަމާ އެވެ.
އިތުރަށް ކިޔާލަން -